ކ. މާލެ
|
18 ޖެނުއަރީ 2021 | ހޯމަ 12:25
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބިލްޑިންގ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބިލްޑިންގ
ޔޫސުފް ސޮފްވާން ރަޝީދު
ސެކަންޑްރީ ޝިޕިންގ އެޖެންޓުން
މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަން ކުރެވޭ ގޮތަށް ހަމަޖައްސަނީ
ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަން ކުރުމުގައި އަމަލު ކުރާނެ ގޮތްތައް ވަނީ ބަޔާންކޮށްފައި

މިއަހަރުގެ ފެބްރުއަރީ މަހުގެ 15 އިން ފެށިގެން ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަންކުރެވޭ ގޮތަށް ހަމަޖައްސާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދު ފަހަރުގެ ކަންކަން ބެލެހެއްޓުމަށް ޢައްޔަންކުރެވޭ ޝިޕިންގ އެޖެންޓުގެ އިތުރުން އުޅަނދުގެ ވެރިފަރާތް ބޭނުންވެއްޖެނަމަ މުދަލާ ގުޅުން ނެތް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ފެބްރުއަރީ މަހުގެ 15 އިން ފެށިގެން ޝިޕިންގ އޭޖެންޓުން ޢައްޔަންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށެވެ.

އެގޮތުން ސެކަންޑްރީ ޝިޕިންގ އޭޖެންޓުގެ ޚިދުމަތުގެ ގޮތުގައި ކުރަން އެއްބަސްވާ ކަންކަން ފޯރުކޮށްދެވޭނީ ހަމައެކަނި އެ ޝިޕިން އެޖެންޓަށް އެކަނިކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވާނަމަ ޒިންމާ ނަގަން ޖެހޭނީ ވެސް ހަމަ އެ ފަރާތުން ކަމަށެވެ.

ކަސްޓަމްސް އިން ވަނީ ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަންކުރުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

  1. ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަން ކުރެވޭނީ ކަނޑައެޅިފައިވާ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޖެންޓު ހަމަޖެއްސިކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުގެ ލިޔުމާއެކު ސެކަންޑްރީ ޝިޕިންގ އެޖެންޓަަކަށް ޢައްޔަންވުމަށް އެދޭ ފޯމް ހުށަހެޅުމުން
  2. ސެކަންޑްރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތަކީ ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭ
  3. ސެކަންޑްރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރެވޭނީ އުޅަނދުގެ ކްރޫ ޗޭންޖް، ގާބެޖް ކްލީނިންގ، ރިޕެއަރ، ތެލާއި ފެނާއި ކާބޯތަކެތި އެރުވުމާއި ހަތިޔާރާއި ބޯޓު ފަހަރުގެ ހަތިޔާރު ބަލަހައްޓާ ފަރާތްތައް ފަދަ އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅުން ނެތް ޚިދުމަތްތަކަށް
  4. ސެކަންޑްރީ އެޖެންޓުންގެ ގޮތުގައި ޢައްޔަންވުމަށް ހުށަހަޅާއިރު އެ ފަރާތް ސެކަންޑްރީ ޝިޕިންގ އެޖެންޓުގެ ގޮތުގައި ޢައްޔަންކުރިކަން ބަޔާންކުރާ އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރ ނުވަތަ ޕްރިންސިޕަލްގެ ލިޔުން ހުށަހަޅަންވާނެ
  5. އުޅަނދުގެ ކޮންމެ ބައިނަލްއަޤްވާމީ ދަތުރުކަަށް ޢައްޔަންކުރެވޭނީ އެންމެ ޝިިޕިންގ އެޖެންޓެއް ކަމަށާއި ސެންޑްރީ ޝިޕިންގ އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ ޤަވާއިދުގެ ދަށުން އެކަން ކުރުން

ފެބްރުއަރީ މަހުގެ 15 އިން ފެށިގެން ސެކަންޑްރީ ޝިޕިންގ އެޖެންޓުން ޢައްޔަންކޮށް ކިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

- ކޮމެންޓް