ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި އަދަދު 14،000 އަށް އަރައިފިއެވެ.
ބުރާސްފަތި ދުވަހު އިރު އޮއްސި ހަޔަކުން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް މުޅި ރާއްޖެއިން ނެގި 2،568 ސާމްޕަލް ތެރެއިން ޕޮޒިޓިވްވީ 52 މިހުންނެވެ. އެއާއެކު ޕޮޒިޓިވް އަދަދު ވަނީ 14،040 އަށް އަރާފައެވެ.
ރާއްޖެއިން ޕޮޒިޓިވްވި 52 ކޭސްގެ ތެރޭގައި ހިމެނެނީ މާލެއިން 11 މީހުންނާއި އަތޮޅުތެރެއިން ހަ ކޭސްއެވެ.
އޭގެ ތެރެއިން 32 މީހުން ޕޮޒިޓިވްވެފައި ވަނީ ބިޔާދޫ އައިލެންޑް ރިސޯޓުންނެވެ. އެ އެންމެނަކީ ވެސް ރިސޯޓުގެ މުވައްޒަފުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ބަލީގައި ރާއްޖެއިން 49 މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 705 މީހުންނަށެވެ. އޭގެތެރެއިން 41 މީހުން ތިބީ އެޑްމިޓްކޮށްފައެވެ. މި ބަލިން މިހާތަނަށް 13،279 މީހުން ވަނީ ރަނގަޅުވެފައެވެ.