ރ. ފިލާދޫ ކައިރިން ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ފުލުހުން ސަލަމަތް ކޮށްފި އެވެ.
ފުލުހުން ބުނީ މުދާ ރ. މީދޫ އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ރ. ފިލާދޫ ކައިރި ގިރިއަކަށް އަރައި އަޑިއަށް ދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މެންދުރު 13:00 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ދޯނީގެ ބޮޑު ބައި އޮތީ އަޑިއަށް ގޮސްފައި ކަމަށާއި ތިން ފަޅުވެރިން ތިބީ ކަނޑުވެފައި ކަމަށެވެ.
ފުލުހުން ބުނީ އެ ތިން މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށާއި ތިން މީހުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
މި ދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވެ ދަތުރުކުރުމަށް މޫސުމާއި ބެހޭ ގައުމީ އިިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.