ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 18:13
ލަންދޫ ކުޅިދޮށު ޕާކު - މިޕާކް ތަރައްގީކުރުމަށް ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައި
ލަންދޫ ކުޅިދޮށު ޕާކު - މިޕާކް ތަރައްގީކުރުމަށް ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައި
ރާއްޖެއެމްވީ
ލަންދޫ ކުޅިދޮށު ޕާކު ހުޅުވުން
ލަންދޫ ކުޅިދޮށު ޕާކު - ހިތްގައިމުކަމާއި ރީތިކަން އިންތިހާއަށް
މި ޕާކަކީ ޒުވާނުންގެ އިސްނެގުމުމުގެ މަތިން ކުރިއަށްގެންދިޔަ މަސައްކަތެއް
ތިން ފާލަމެއް ހިމެނޭ ގޮތަށް މި ޕާކު ވަނީ ތަރައްގީކޮށްފައި
ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެރަށަށް 2،000 މީހުން ޒިޔާރަތްކޮށްފައިވޭ

ނ. ލަންދޫ ޒުވާނުން އިސްނަގައިގެން ހެދި ކުޅިދޮށު ޕާކު ރަސްމީކޮށް މި މަހުގެ އެއްވަނަ ދުވަހު ހުޅުވައިފިއެވެ.

ދެ މަސް ދުވަހުގެ މުއްދަތައް މަސައްކަތް ކުރިއަށްގެންދިޔަ މި ޕާކަކީ ޒުވާނުންގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީވެސް ރަށުގެ ޒުވާނުން ކަމަށް ޕާކުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އަޙްމަދު ރަޝީދު "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ބުނެއެވެ.

މިފަދަ ޕާކެއް ތަރައްގީކުރުމަށް ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔައީ ލަންދޫގެ ކުޅި ހިމެނޭ ސަރަހައްދަކީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ސަރަހައްދެއްކަމުން، އެ ރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށްވެސް ރަޝީދު ބުންޏެވެ.

މުޅި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ތަރައްގީކުރި މި ޕާކުގެ މަސައްކަތް ކުރުމަށް ޚަރަދުކޮށްފައި ޒުވާނުންނާއި ދީލަތި އެހީދިން ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށްވާއިރު، ތިން ފާލަމެއް ހިމެނޭ ގޮތަށް މި ޕާކު ވަނީ ތަރައްގީކޮށްފައެވެ.

ލަންދޫ ކުޅިދޮށު ޕާކު - މިއީ ލޯކަލް ޓުއަރިޒަމް ހުޅުވާލެވުނު ދޮރެއް ކަމަށް ރަށުގެ ޒުވާނުން ދެކޭ

ތިން ފާލަމުން ގޮސް ތަފާތު ތިން ބުރު ހިމެނޭ ގޮތަށް އުނދޯލިވަތި، ފަހިވެނި، ފަހި ބުރު ވަނީ ރަށުގެ ހިތްގައިމުކަމާއި ހިތްފަސޭހަކަން ގެނުވައިދޭ ގޮތަށް ހަދާފައެވެ.

ލަންދޫގެ ބަތްޕެން ކިލާގަނޑަކީ ވަށައިގެން ރީތި ގަސްތައް ހެދިފައިވާ ސަރަހައްދެކެވެ. ގުދުރަތީ ރީތިކަން އިންތިހާއަށް ފެންނަ މި ސަރައްދުގައި ހަދާފައިވާ މި ޕާކުގެ ހިތްގައިމުކަން އިންތިހާއަށް ދައްކުވައިދެނީ ގޮނޑު ދޮށާ ދިމާލުން މި ޕާކު ތަރައްގީކޮށްފައިވުމެވެ.

މީހުން އުޅޭ ސަރަހައްދާ 1،200 ފޫޓު ދުރުގައި މި ޕާކް ތަރައްގީކޮށްފައިވަނީ ތިމާވެއްޓާ ރަށްޓެހިގޮތަށް، ދިވެހި ވަންތަކޮށް ފަރުމާކޮށްގެންނެވެ.

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެ ރަށަށް 2،000 ށްވުރެ ގިނަ މީހުން ރަށުން ބޭރުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ލޯކަލް ޓުއަރިޒަމް ހުޅުވާލެވުނު ދޮރެއް ކަމަށް ރަށުގެ ޒުވާނުން ދެކެއެވެ.

- ކޮމެންޓް