ކ. މާލެ
|
20 ޑިސެންބަރ 2020 | އާދީއްތަ 14:26
ޕީޕީއެމްއިން ކަންނެލި ދޯންޏެއްގައި ބޭއްވި ސިޔާސީ ހަރަކާތެއް
ޕީޕީއެމްއިން ކަންނެލި ދޯންޏެއްގައި ބޭއްވި ސިޔާސީ ހަރަކާތެއް
ޕީޕީއެމް
ލޯކަލް ކައުންސިލް އިންތިހާބު
ހުއްދަ ނަގައިގެން ކެމްޕެއިން ހަރަކާތްތައް ބޭއްވޭ ގޮތަށް އުސޫލު ބަދަލުކޮށްފި
ހަރަކާތް ބާއްވާނަމަ އެޗްޕީއޭއިން ނުވަތަ މޯލްޑިވިސް ޕޮލިސް ސާރވިސްއިން ހުއްދަ ލިއުމުން ހޯދަންޖެހޭ
ރައްޔިތުން ބައިވެރިވާނަމަ ހުރިހާ އެންމެންވެސް މާސްކް އަޅައި 3 ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ
އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ

ހުއްދަ ނަގައިގެން ކެމްޕެއިން ހަރަކާތްތައް ބޭއްވޭ ގޮތަށް، ކޮވިޑް-19 ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު އާންމުކުރި "ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރަންވީ އުސޫލު" ގައި ބުނެފައިވާ ގޮތުން، މާލެއިން އެހެން ރަށަކަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އެކި ހަރަކާތް ބާއްވާނަމަ އެޗްޕީއޭއިން ނުވަތަ މޯލްޑިވިސް ޕޮލިސް ސާރވިސްއިން ހުއްދަ ލިއުމުން ހޯދަންޖެހޭނެއެވެ. އަދި މި ހުއްދަ ދޭނީ އެއިރެއްގައި ރަށްރަށަށް ދަތުރުކުރުމުގައި އެޅިފައިވާ ފިިޔަވަޅުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެއިތުރުން، ދަތުރުތައް ކުރާއިރު އިންތިޒާމްތައް ދުރާލައި ހަމަޖައްސައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާ ރަށުގެ ކައުންސިލަށް ދަތުރުކުރުމުގެ ކުރިން އެންގުމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، މަރުހަބާ ކިއުމުގައި ރަށުގެ ރައްޔިތުން ބައިވެރިވާނަމަ ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމާއި 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުމުގެ އިތުރުން، އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، އާންމު ތަންތަނުގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން އަބަދުވެސް ބަހައްޓަންޖެހޭނެ ކަމަށާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމުގައިވެސް ހާއްސަ އުސޫލުތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި، މިފަދަ ރަސްމިއްޔާތުތަކާއި ހަފްލާތައް ނިންމައި ކެއުމުގެ އިންތިޒާމް ހަމަނުޖެއްސުމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އެޗްޕީއޭގެ އުސޫލަތަކަށް ބަދަލުގެނެސްފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުން ވަކި ޕާޓީތަކަކަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެފައެވެ. އެގޮތުން، ޕީޕީއެމް/ޕީއެންސީއަށް އެ ޖާގަ ނެތް ތަނުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ސަރުކާރުގެ ދަތުރުތަކުގައި ކެމްޕެއިން ކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

- ކޮމެންޓް