Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 00:36
ފުލުހުންގެ އިދާރާއި އެމްއެންޑީއެފް
ފުލުހުންގެ އިދާރާއި އެމްއެންޑީއެފް
ރާއްޖެ އެމްވީ
ރައީސް ޔާމިން
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަވެސް އަދިވެސް ތަހުޤީޤްކޮށް ނިންމިފައިނުވޭ
ރިލްވާންގެ މައްސަލައިގެ ހަޤީޤަތާއި ހަމައަށް ދިއުމަށް ސަރުކާރު އޮތީ ނުކުޅެދިފައި
ޔާމީން މަރައިލުމަކީ މިނިވަން މީޑިއާއަށް ދީފައިވާ ހަމަލާއެއް

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާއި ގުޅިގެން އެއްވެސް މުއައްސަސާއެއް ކުށްވެރި ނުކުރައްވާ ކަމަށާއި ނަމަވެސް އެކަމަކީ މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމެއްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއިރު އެކަމަށް އެއްޗެކޭ ބުނަން ފުލުހުންނާއި އެމްއެންޑީއެފް އިން ދެކޮޅު ހަދައިފި އެވެ.

 

ރައީސް ޔާމިންގެ މި ވާހަކަފުޅާއި ގުޅިގެން މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ދެކެވަޑައިގަންވާތޯ، ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުޙައްމަދު ވިދާޅުވީ މިކަމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

 

އަދި ފުލުހުންގެ މީޑިޔާ އޮފިޝަލްއާއި ވެސް މިސުވާލު ތަކުރާރު ކުރުމުން ވިދާޅުވީ ވަކި ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

 

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވާ ރައްކާތެރިކަން ދިނުމުގައި އަޅުގަނޑުމެންގެ މުއައްސަސާތައް މިއަދަކީވެސް މައާފަށް އެދެންޖެހޭ ދުވަހެއްކަމަށާއި ނަމަވެސް މުއައްސާތައް ކުށްވެރިއެއް ނުވާ ކަމުގައެވެ.


އަދި ޒުވާނަކު އެގޮތަށް މަރާލުން ފަދަ ޖަރީމާއަކީ އަދި އެފަދަ ކޮންމެ ގެއްލުމަކީ ސިއްސުވާލާ ގެއްލުމެއް ކަމަށާއި އެއީ ދިވެހި ދައުލަތުން ކުށްވެރިކުރާ ކަމެއް ކަމަށްވާއިރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރައިލުމަކީ މިނިވަން މީޑިއާއަށް ދީފައިވާ ހަމަލާއެއް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

 

ޔާމީންގެ މަރާއި ގުޅިގެން، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.

 

އަދި މި ޖަރީމާ ހިންގި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތްތަކެއް ބޭނުން ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

 

އުމުރުން 29 އަހަރުގެ ޔާމީން މަރާލުމާއި ގުޅިގެން، މިއީ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފައިވާއިރު، ޔާމީން މަރާލުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހަށް ހުށައެޅުމުން އެދެވޭ އެއްބާރުލުމަކާއި، ރައްކާތެރިކަން ނުލިބޭކަން ޔާމީން ވަނީ ޓުވިޓަރ ގައި ހާމަކޮށްފައެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ފުލުހުން ތަހުޤީޤްކުރާ ބޮޑެތި ގިނަ މައްސަލަތަކެއް އަދިވެސް ނުނިމި ހުރިކަމަށާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހަޤީޤަތާއި ހަމައަށް ދިއުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައިކަމަށެވެ.

 

އަދި  ބޮޑެތި ގިނަ މައްސަލަތަކުގެ ތަހުޤީޤް ނިންމާލެވިފައިނުވާ ކަމަށް އެމަނިކުފާނުވެސް އިއްތިފާޤުވެވަޑައިގަންނަވާކަމަށެވެ. އެއީ ހަމައެކަނި ދިވެހިރާއްޖޭގައި ވާ ކަމެއް ނޫންކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޮޑެތި މައްސަލަ ތަހުޤީޤް އެއްކޮށް ފުރިހަމަ ނުކުރެވި އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަވެސް އަދިވެސް ތަހުޤީޤްކޮށް ނިންމިފައިނުވާކަމަށެވެ.

 

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލާފައިވާ ޔާމީންގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ބައިނަލްއަޤްވާމީ ފަރާތްތަކުން ދަނީ މިނިވަން ތަޙްޤީޤެއް ކުރުމަށް ގޮވާލަމުންނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް