2024 ވަނަ އަހަރު އަލުން އިންސާނުންނަށް ހަނދަށް ގެންދިއުމަށް ނާސާއިން ކުރިއަށް ގެންދާ އަރޓެމިސްގައި ބައިވެރިވާ އެސްޓްރަނޯޓް އިން ތައާރަފްކޮށްފިއެވެ.
2024 ގައި ހަނދަށް ދާ ފުރަތަމަ އަންހެން އެންސްޓްރަނޯޓް ވެސް މި ގުރޫޕްގައި ހިމެނޭ ކަމަށް ބުދަ ދުވަހު ނާސާއިން ވަނީ ހާމަކޮށްފައެވެ.
މިޓީމުގައި 18 އެސްޓްރަނޯޓް ހިމެނޭއިރު އެންމެ ފުރަތަމަ 2024 ސްޕޭސްވޯކް ކުރި ދެ އަންހެނުން ކަމުގައިވާ ކްރިސްޓްނާ ކޯޗް އަދި ޖެސިކާ މޭރް ވެސް މިޓީމްގައި ހިމެނެއެވެ. އަދި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އެދެމީހުން ވަނީ ފުރަތަމަ ފަހަރަށް ހުސް އަންހެނުން ވެގެން ކުރި ސްޕޭސްވޯކް ފުރިހަމަ ކޮށްފައެވެ.
ނާސީއިން ބުނީ މިޓީމްގައި ތިބެނީ 9 އަންހެނުންނާއި 9 ފިރިހެނުން ހިމެނޭއިރު، ސްޕޭސްގައި ވަގުތުތަކެއް ހޭދަކޮށްފައިވާ ގާބިލް އެސްޓްރަނޯޓް އިން ހިމެނޭ ކަމަށެވެ.
ނޭޝަނަލް ސްޕޭސް ކައުންސިލްގައި ބުދަ ދުވަހު މިޓީމް ތައާރަފް ކޮށްދެމުން ނައިބް ރައީސް މައިކް ފެންސް ވަނީ އަރޓެމިސް ޓީމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.