ރާއްޖެއިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 46 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.
އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،994 ށް އަރާފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވި 24 ގަޑިިއިރުތެރޭގައި ވަނީ 1829 މީހެއްގެ ސާމްޕަލް ޓެސްޓް ކުރެވިފައެވެ.
އެއާއިއެކު 242889 މީހެއްގެ ސާމްޕަލް މިހާތަނަށް ވަނީ ޓެސްޓް ކުރެވިފައެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1039 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް 11،902 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
އެޗްޕީއޭއން ހާމަކޮށްފައިވާގޮތުން 94 މީހަކަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަދި ރާއްޖެއިން ވައިރަސްގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 46 އެވެ.