ކ. މާލެ
|
29 ނޮވެންބަރ 2020 | އާދީއްތަ 23:40
ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން: ޝަރީއަތް ނިމެންދެން އަމީން ބަންދުކޮށްފައިވާތީ، މުރާއަޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން-
ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން: ޝަރީއަތް ނިމެންދެން އަމީން ބަންދުކޮށްފައިވާތީ، މުރާއަޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން-
ރާއްޖެ އެމްވީ
ޓެރަރިޒަމްގެ މައްސަލަތައް
ޓެރަރިސްޓެއް ކަމަށް ބުނާ އަމީންގެ ޝަރީއަތް މާދަމާ ފަށަނީ!
އަމީން ހުރީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި
މާދަމާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ 13:30 އަށް
ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ ވެސް ކޮށްފައިވޭ

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބުނާގޮތުން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހެ އެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންޖެހެއެވެ. އެގޮތުގެ މަތީން، ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާތީ، މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ވަރަށް އަވަހަށް މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިފަހުން ފުލުހުން ދޭތެރެ ދޭތެރެއިން އޮޕްރޭޝަންތައް ބާއްވަމުންދާއިރު އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މ. ވޯލްނަޓްގެ އިންނެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސްއަށް މަސައްކަތްކޮށްދޭ މީހެއް ކަމަށް ބުނެފައިވެ އެވެ. އަދި ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޖަމާއަތްތަކަށް އަމީން އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

- ކޮމެންޓް
30 ނޮވެންބަރ 2020 | ހޯމަ 06:14
އެމެރިކާ
އެމެރިކާ އަކީ މުސްލިމުންގެ އެންމެ ބޮޑު އަދުއްވުން