އެޗްޑީސީ އޮޕެން ނެޓްވޯކް އެކްސެސް އިނީޝިއޭޓިވްގެ ދަށުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މީޑިއާނެޓާއި އެކު ސޮއިކޮށްފިއެވެ.
ބުދަ ދުވަހު އެޗްޑީސީގައި ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި އެޗްޑީސީ އަދި މީޑިއާނެޓުން ސޮއިކޮށްފައިވާއިރު، މިއީ ހުޅުމާލެ ފޭސް 2 ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
އެޗްޑީސީން ބުނީ ޑިވެލޮޕްމެންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ވާދަވެރިކަން އިތުރުކޮށް ހިދުމަތްތަކުގެ އަގު ކުރިއަށް އޮތްތަނުގައި ކުޑަކޮށްދިނުންކަމަށެވެ.
މި އޯޕަން އެކްސެސް ނެޓްވޯކަކީ ހުޅުމާލެ ފޭސް 2 ގައި ސްމާޓް އިންފްރާސްޓްްރަކްޗަރއެއް ގާއިމްކުރުމަށް ހުރިހާ ހިދުމަތް ފޯރުކޮށްދޭ ކުންފިނިތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ އެޗްޑީސީން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ.
އެ ކުންފުނިން ބުނީ މީގެ ދަށުން ކޭބަލް ޓީވީ ހިދުމަތާއި އިންޓަނެޓް ހިދުމަތުގެ އިތުރުން އިތުރު އެހެން ހިދުމަތްތައް ލިބިގެންދާނެކަމަށެވެ. އެގޮތުން އެޗްޑީސީ އާއި މީޑިއާނެޓް ގުޅިގެން މީގެ ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
އެޗްޑީސީން ވަނީ މީގެ ކުރިން މި އިނީޝިއޭޓިވްގެ ދަށުން ޕީއެސްއެމްއާއި އެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.