ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަ ޖައްސާފައިވަނީ 30 ނޮވެމްބަރ 2020ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް:https://www.dhiraagu.com.mv/DhiraagFibreBroadband.aspx
ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭނެ ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.