ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 15:31
ނައިބާ ރައީސް އާއި ޑައިބިޓީސް ސޮސައިޓީން ބައްދަލު ކުރައްވަނީ
ނައިބާ ރައީސް އާއި ޑައިބިޓީސް ސޮސައިޓީން ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ނައިބާ ރައީސް އާއި ބައްދަލު ކުރެއްވުން
ޑައިބިޓީސް ސޮސައިޓީ އަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބް ރައީސް އާއި ޙިއްޞާކުރައްވައިފި
އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޙިއްޞާ ކުރި
ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި
ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން 2018 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކުން ދައްކާގޮތުގައި ރާއްޖޭގެ 3.7 އިންސައްތަ މީހުން މަރު ވަނީ ހަކުރުބަލީގަ

ޑައިބިޓީސް ސޮސައިޓީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާއި ޙިއްޞާކުރައްވައިފި އެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައިވަނީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ކުރިއަށްއޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް ޙިއްޞާ ކުރައްވާ، އެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ޙިއްސާކޮށްފައިވެ އެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން ޑައިބިޓީސް ސޮސައިޓީއިން ނައިބާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި، އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު ސާފުކުރި އެވެ. މީގެ އިތުރުން، ނައިބު ވަނީ ޑައިބިޓީސް ސޮސައިޓީއިން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެ ތަނުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ސިއްހީ މައްސަލައަލައަކަށްވާއިރު، ހަކުރުބަލި ހުރި ކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން 2018 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުން ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ.

- ކޮމެންޓް