ކަޅުވަކަރު މިސްކިތުން ދައްކުވައިދެނީ ރާއްޖެގެ ޒަމާންވި އިސްލާމި ތާރީޙް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކަޅުވަކަރު މިސްކިތް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ ކަޅުވަކަރު މިސްކިތުން ދައްކުވައިދެނީ އިހު ޒަމާނުގައި އުޅުނު ދިވެހިންގެ ފަންނުވެރި ކަމާއި ހުނަރުވެރި ކަން ކަމަށެވެ.
ކަޅުވަކަރު މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.
މިސްކިތް ހިމާޔަތްކުރަން މަސައްކަތް ކޮށްދެއްވި ބައެއް ބެފުޅުންގެ ނަންތައް ޔުމްނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިސްކިތް އަލުން ރޭވުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަސައްކަތް ކޮށްދެވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ޔުމްނާ ވިދާޅުވި ގޮތުގައި، އެ ކަމަނާ ރައީސް ޔާމީންގެ ސަރުކާރުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދެއްވީ ވެސް މި ސަބަބާ ހުރެއެވެ.
އަޅުގަނޑު 2016 ގައި ސަރުކާރަ ވަކިވެ ދިޔައީ ހަގީގަތުގައިވެސް މި މިސްކިތް ރޫޅައިލާ ނަގަން ނިންމި ހިސާބުން. އޭރު އަޅުގަނޑު ހުންނެވި ޑިޕާރްޓްމެންޓް އޮފް ހެރިޓޭޖް ހިންގުމާއި ހަވާލު ވެގެން، އެހެން ނަމަވެސް މި ހެރިޓޭޖް ރައްކާ ތެރި ނުކުރެވި ސަޤާފީ ތަރިކަ ރައްކާތެރި ނުކުރެވޭ ގޮތަކަށް އެތާ ހުރުމުގެ އެއްވެސް ބެނުމެއް ނެއްކަން އަޅުގަނޑަށްވެސް ފާހަގަ ކުރެވުނު އަދި ދިވެހިންނަށް ލިބިފައި މިވާ އަގުހުރި ތަރިކަ އޭގެ އަގުވަޒަން ނުކުރެވި ޒަމާނީ ތަރައްގީއާއެކު އުވިގެން ނެތިގެން ދާތަން ބަލަން އަޅުގަންޑު ހުންނަން ބޭނުން ނުވީ.މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން
ރައީސް ސޯލިހުގެ ސަރުކާރުން މިފަދަ ތަރިކަތަށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށާއި ދެއްވާ ސަމާލުކަމަށް ޔުމްނާ ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ޒަމާންވީ އެއް އާސާރީ ތަރިކަ ކަމުގައިވާ ކަޅުވަކަރު މިސްކިތަކީ 200 އަށް ވުރެ ގިނަ އަހަރު ވެފައިވާ މިސްކިތެކެވެ. ހިރިގަލުން ހަދާފައިވާ މި މިސްކިތަކީ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ހުނަރު ދައްކުވައިދޭ ރީތި މިސްކިތެކެވެ.