ހއ. އަތޮޅުން ފެށިގެން ކ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 7:00 އިން 12 އަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އެއިދާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އަންގަރަ ދުވަހުގެ ފަތިހު ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ފަތިހު 5:30 އިން ފެށިގެން 10:30 އަށް ވައިޓް އެލަރޓް ނެރެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ އެލަރޓްތައް ނެރެމުންނެވެ. ހޯމަ ދުވަހުގެރޭ މާލޭ ސިޓީއަށް ވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.