Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 14:21
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫނު
ފާރިސް މިއަދު 10 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި
ފާރިސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

 

ފާރިސް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ އާދިއްތަ ދުވަހުގެ  (މިއަދު) ހެނދުނު 10:00 އަށެވެ. ނަމަވެސް ފާރިސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވެއެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފާރިސްއާ ޗިޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

 

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

 

ފުލުހުން ބުނެފައި ވަނީ އެ އިދައިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހުން ހާޒިރުކުރާ ކަމަށެވެ.

 

މިމަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި އޮތް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވި ގޮތުގައި "ސާޅީސް ދޭއް ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ" ކަމަށެވެ.

 

ސާޅީސް ދޭކަކީ ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އޭނާގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައިވެއެވެ.  ސާޅީސް ދޭކަކީ ނުރައްކަލަކަށް ވެއްޖެ ކަމަށް ފާރިސް ވިދާޅުވި އިރު، އެއަދަދަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ހުށަހެޅުމަށް ބޭނުންވާ މެމްބަރުންގެ އަދަދެވެ.

 

ފާރިސް ވަނީ ޤާސިމް މިނިވަންކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެ، މިހާރު މިހާރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

 

މީގެ އިތުރުން ކުނޫޒްގެ ޕޯޑިއަމްގައި ހުންނަވައި ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމިންއަށް ރައްދުވާ ގޮތަށް ނުސީދާކޮށް ފާރިސް ވިދާޅުވީ "ކުނޫޒުގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަން ނިންމެވީ، އެތަނުގައި ދައްކާ ވާހަކައެއް މެސެޖް ދޭން ބޭނުންވާ ފަރާތަށް ވަރަށް ސާފުކޮށް ސާދާ އިބާރާތުން އިވިވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާތީ" ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޭޕްރިލް 2017 | ހޯމަ 12:59
ރަތްމަންދޫ އައްޔަ
އަޅުގަނޑަށް ހީވަނީ މިދާވަރުން ދަންޏާ ދިއްގަރު ދާއިރާގެ މަޖުލީސްގޮނޑި މާފުށީ ޖަލުގަ ބަހައްޓަންވެއްޖެހެން ކޮންމެތާކު މެންބަރު ބެހެއްޓިޔަސް ރައްޔިތުން ތިބޭނީ ފާރިޝްއާ އެކު.ޔާމީން އިސްތިއުފާ