ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި، އަތޮޅު ތެރެއިން 29 މީހުންނާއެކު ޖުމްލަ 50 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބު އާންމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އަށް 1،477 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 50 ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 31 ބިދޭސީންނެވެ. އަދި މާލެއިން 21 މީހުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުން 29 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ އަދަދު އާދިއްތަ ދުވަހާ ހަމައަށް 11،289 އަށް އަރައިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,204 އަށް އަރާފައެވެ. މީގ އިތުރުން މި ބައްޔަށް 865 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 47 މީހަކަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ވަނީ މިހާތަނަށް 43 މީހަކު ނިޔާވެފައެވެ.