ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 12:00
ރާއްޖެ ޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް
ރާއްޖެ އެމްވީ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
މަރުޒޫގް މަޖިލިސް މެންބަރުންނަށް: ޤާނޫނު އިސްލާހު ކުރުމުގެ ނަމުގައި ތިގޮތަށް ނޫޅެ، ކުޅުންތެރިންނަށް ހައްގުތައް ހޯދައިދިނުމަށް ލިޔެދީ
"އިސްލާހުތަކަކީ ކުޅިވަރަށް ހެޔޮ އެދިގެން ކޮށްފައިވާ ކަމެއް ނޫން"
"ކުޅިވަރަށް ހެޔޮ އެދެނިއްޔާ ކުޅިވަރުގެ ޖޮބް މާކެޓެއް އުފައްދައިދީ، އެސޯސިއޭޝަންތަކަށް ފުލްޓައިމް މީހުން ލައިދީ"
"އެންމެ ބޮޑު ޕާޓީގައިވެސް މައްސަލަތައް އުޅޭ، އެ ޕާޓީގެ އެތެރޭގެ އިލެކްޝަން ކީއްވެތޯ އިލެކްޝަނުން ނުބާއްވަނީ؟"

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކުޅިވަރަށް ހެޔޮއެދިގެން ހުށަހަޅާފައިވާ އިސްލާހުތަކެއް ނޫން ކަމަށާއި، އެކަމަށް ދެކޮޅު ހަދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަރުޒޫގް ވިދާޅުވީ ހަސަން ލަތީފް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ގަބޫލުކުރެވޭނެ އިސްލާހުތަކެއް ނޫން ކަމަށާއި، އެ އިސްލާހުތަކަކީ ކުޅިވަރަށް ހެޔޮއެދިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ޤާނޫނުގައި ގިނަ ކަންތަކެއް ހުރިއިރު، ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް އެކުލަވާލެވި ގަވާއިދުތައް ބާރު ސްޕީޑުގައި ހަދަންމުންދާ ކަމަށެވެ.

ކުޅިވަރަށް ހެޔޮއެދުނިއްޔާ ހިނގާ މި އިސްލާހުތައް ޤާނޫނަށް ހުށައަޅަން. ކުޅުންތެރިންނަށް އެމީހުންގެ ޕްރޮޓެކްޝަން ދޭން. އެމީހުންނަށް މުސާރަ ލިބެންޖެހޭނެއޭ ހިނގާބަލަ ލިޔަން. ހިނގާބަލަ ލިޔަން ކުޅިވަރުގައި މަސައްކަތް ކުރާ ކޯޗުންނަށް އިންޝުއަރެންސް އިންނަށް ޖެހޭނެއޭ. އެމީހުންގެ ވަޒީފާ އޮންނަން ޖެހޭނެކަން، އެ ޔަގީންކަން ދޭން ޖެހޭނެކަން. ޔަގީންކަން ދޭން ހިނގާ. ހިނގާބަލަ ލިޔަން ކުޅިވަރު އެސޯސިއޭޝަންތަކުގައި ފުލްޓައިމް ހަތަރު މުވައްޒަފުން ތިބޭނެއޭ. އެމީހުންގެ މުސާރަ އާއި އެމީހުންނަކީ މިވެނި ކޮލިފިކޭޝަނުގެ ބަޔެކޭ. އޭރުން ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާވެގެންދާނީ.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

ކުޅިވަރު އެސޯސިއޭޝަންތަކަކީ ހަމަ ގޮސް އިންތިޚާބެއް ބާއްވައިގެން އޭގެން އެއްބަޔަކު މޮޅުވުމުން އަނެއްބަޔަކު ބަލިވުމުން ބެރުޖަހާފައި އޭތި ކަމަކު ނުދެޔޭ މީތި ކަމަކު ނުދެޔޭ ކިޔައިގެން ވާނެ ކަމެއް ނޫން ކަމަށް ހަސަން ލަތީފުގެ އިސްލާހުތަކަށް ފާޑު ވިދާޅުވަމުން މަރުޒޫގް ވިދާޅުވިއެވެ.

ކޮންމެ އެސޯސިއޭޝަނެއްގެ އިންތިޚާބުވެސް ކުރިއަށްގެންދަނީ އިލެކްޓޯރިއަލް ބޯޑެއް ނެގިގެން ކަމަށާއި، އާންމުކޮށް ހިންގާ ކޮމިޓީން އެ ބޯޑު ނެގުމަށްފަހު، ޖެނަރަލް އެސެމްބްލީން ބޯޑު ފާސްކުރާ އެސޯސިއޭޝަންތައްވެސް އެބަހުރި ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

އެމްއޯސީގެ ފަރާތުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މޮނީޓާ ކުރަމުންދާ ކަމަށާއި، 90 އިންސައްތަ އިންތިޚާބުތައް ދަނީ ވަރަށް އިންސާފުން ރަނގަޅަށް ކަމަށާއި، އިންތިޚާބަށް ހަތް ދުވަހަށް ވުމުން ނިކުމެ ކަންކަން ގޯހޭ ބުނުމުން އެއީ އިޚުލާސްތެރި ވާހަކައެއް ނޫން ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ އިސްލާހުތަކެއް ނޫން. ޑިމޮކްރެޓިކް އުސޫލުން ކަންކުރަންށޭ ކިޔާފައި އެނަމުގައި. ޑިމޮކްރަސީ އެއީ ދެން ވަރަށް ސަޅި ނަމެއް އެހެންވީމާ އެނަމުގައި ދެން ކޮންމެ ކަމެއްވެސް ކުރަންވީ. ޑިމޮކްރަޓިކް އުސޫލުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މިހާރުވެސް ބޭއްވެމުން ދަނީ. ކުދިކުދި މައްސަލަތައް އުޅޭ. ބައިވަރު މައްސަލަތައް އުޅޭ. އެންމެ ބޮޑު ޕާޓީގައިވެސް މައްސަލަތައް އުޅެނީ ނޫންތޯ. އެންމެ ބޮޑު ޕާޓީގެ އެތެރޭގެ އިލެކްޝަން. ގައިމު އެމީހުންގެ ބަލަދުވެރިއަކީ އިލެކްޝަން ކޮމިޝަން. ކީއްވެތޯ އިލެކްޝަން ކޮމިޝަނުން އެ އިންތިޚާބު ނުބާއްވަނީ. ވަރަށް މަސައްކަތް ކުރި ކުރީގެ ސަރުކާރުން އެކަންކުރަން، އެކަމަކު އެކަން ކުރަން ފުރުސަތެއް ނުދޭ. އެކަމާ ދެކޮޅު އެކަން ކުރަން ފުރުސަތެއް ނުދޭ.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

މަރްޒޫގު އިތުރަށް ވިދާޅުވީ އެސޯސިއޭޝަންތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެކަން ކުރެވޭނީ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނަކީ ޖޮބް މާކެޓަކަށްވެ، ފުލްޓައިމް ވަޒީފާއަކަށްވެ، ކުޅިވަރު ޖަމުޢިއްޔާ އަދި ކުލަބުތައް ހަރުދާވެގެން ކަމަށް ވާއިރު، އެކަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފުގެ އިސްލާހުތަކުގައި ކުޅިވަރުގެ ގައުމީ މަޖިލީހަށް ގެންނަން ނިންމާފައިވާ އިސްލާހުތަކަށްވެސް މަރުޒޫގް ވަނީ ފާޑު ވިދާޅުވެފައެވެ.

ސިޔާސީ ގިނަ ބޭފުޅުން އަދި ގިނަ މަޖިލިސް މެންބަރުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ދިރިއުޅުމުގެ ކަންކަން ހަމަޖެހޭނެ ކަމަށާއި، އެ ހަމަޖެހޭ ވަގުތު މާޒީގައި އެމީހުން ކުޅިވަރުގައި އުޅުނު ކުޅިވަރުގެ ކަންކަން މަތިން ހަނދުމަވެގެންދާ ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ އުސޫލުން އެސޯސިއޭޝަންތައް ހިނގަމުންދަނީ. އަޅުގަނޑަކީ އިންތިޚާބުން އެންމެ ފުރަތަމަ އޮލިމްޕިކް ކޮމިޓީގައި އިންތިޚާބުވި މީހާ. އަދި އަދަށްވެސް އިލެކްޝަނަކުން އިންތިޚާބު ވަނީ. 2009 ވަނަ އަހަރުން ފެށިގެން ހުރިހާ އެސޯސިއޭޝަންތަކަކުންވެސް އިލެކްޝަނަކުން އިންތިޚާބު ކުރަނީ. އެބަހުރި މައްސަލަތައް. ކުރީގެ ޖަމުޢިއްޔާތަކާއި ބެހޭ ޤާނޫނު އޮތް ގޮތުން ބޭނުން ބަޔަކު ގޮސް ބޯޑު ބަދަލުކުރާނެ. ބޭނުންބަޔަކު ބޭނުން ކުލަބެއްގެ ބޯޑު ބަދަލުކޮށްގެން ލާފައި އެބަހުރި. އެހެން ހުއްޓާ ކޮމިޝަނާ އޮފް ސްޕޯޓްސް ލައިގެން އެކަން ހަމަމަގަށް އަޅުވަމުން އެ ދަނީ.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

ސްޕޯޓްސް ކައުންސިލް މިހާތަނަށް ހިނގަމުން ދިޔައީ ޤާނޫނާ ޚިލާފަށް ކަމަށާއި، ބަޔަކު މީހުން ސިޔާސީ ކުޅިގަނޑަކަށް އެތަން ބޭނުންކުރިއިރު، ޤާނޫނުގައި ބުނާގޮތަށް ސްޕޯޓްސް ކައުންސިލަށް މެންބަރުން އައްޔަންކޮށް މަސައްކަތް ފެށިގެންދިޔައީ އަދިކިރިޔާ ކަމަށްވާއިރު، މިހާރު ސްޕޯޓްސް ކައުންސިލަކީ ކުޅިވަރުގެ ކަންކަން އެނގޭ، މި ދާއިރާގެ މީހުންނާއެކު މަަސައްކަތްކުރާ ތަނެއް ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

ކުޅިވަރު ކައުންސިލަކަށް ބާ ކައުންސިލަކަށް މީހަކު ލާކަށް ނުޖެހޭ. ވީޓީސީއިން މީހަކު ލާކަށް ނުޖެހޭ. މަސްވެރިކަމުގެ ދާއިރާއިން މީހަކު ލާކަށް ނުޖެހޭ. އެހެން ލާ އެއްޗެއް ނޫން އެއީ. ކުޅިވަރު ކައުންސިލަށް މެންބަރުން ލާން ޖެހޭނީ ކުޅިވަރުގެ މީހުންތަކެއް. އެތަނަށް ލޯޔަރު ބޭނުން ވަނިއްޔާ އެ ލޯޔަރު ގައުމީ މަޖިލީހުން ގެންނާނީ. ދަނޑުތައް ހަދާ މީހަކު ބޭނުން ވަނީއްޔާ އެމީހަކުވެސް ގެންނާނީ. ކޮންމެހެން ނުޖެހޭ އެމްޓީސީސީގެ ކޮންސްޓްރަކްޝަން ދާއިރާގެ މީހަކު މަޖިލީހަށް ލާކަށް.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް

ކޮންމެ އެސޯސިއޭޝަނެއްގެ މެންބަރަކަށް ވެސް ހަތަރު އަހަރު އެ އެސޯސިއޭޝަނެއް އިސްލާހުކުރަން ފުރުސަތު ލިބޭ ކަމަށާއި، އެހެން ނަމަވެސް މެންބަރުންގެ ފަރާތުން އެކަންކަން ނުފެންނަ ކަމަށް މަރުޒޫގް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކަށް މަރުޒޫގް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، މި އިސްލާހުތަކާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ގައުމީ ކުޅިވބަރު އެސޯސިއޭޝަންތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
4 ނޮވެންބަރ 2020 | ބުދަ 10:59
ހސ
އެސޮރު ކައިރީ އަހާލަބަލަ 4 ކަށިމަތި ހަމަ ތޯ؟
3 ނޮވެންބަރ 2020 | އަންގާރަ 13:52
ނާލް
އެންމެންނަށް އިނގޭ ހަސަން ލަތީފުގެ މަޤުސަދަކީ ކޮބަ އިކަން. އިލެކްޝަން ކޮމިޝަނުން ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ބޭ އްވިޔަސް މީނާގެ ގެ ގެޔަކަށް ދެން އެތަނެ އް ނުވެ އްދޭނެ.