ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 23:57
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް
ރޮއިޓަރސް
ޓެޑްރޯސް އެކަހެރިވެވަޑައިގަތުން
ކޮވިޑަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވުމުން ޓެޑްރޯސް އައިސޮލޭޝަނަށް
މަސައްކަތް ކުރައްވާނީ ގޭގައި ހުންނަވައިގެން ކަމަށް ވަނީ ވިދާޅުވެފައި
ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފިއެވެ.

ހޯމަ ދުވަހު ޓެޑްރޯސް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ''ސެލްފް'' ކަރަންޓީންގައި ހުންނަވާނެ ކަމަށެވެ. އަދި އޭނާގެ ގައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްްއޯގެ މިންގަނޑުތަކާއި އެއްގޮތަށް އޭނާ މަސައްކަތް ކުރައްވަމުންގެ ގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށް ވެސް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް