ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 14:19
ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމުގައި
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި
ރާއްޖެއެމްވީ
އެމްއެމްޕީއާރުސީގެ ހިޔާނާތް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރު ދައުވާތަކެއް ކުރިއަށް އޮތް ހަފްތާތަކުގައި ކޯޓަށް ހުށަހެޅޭނެ: ޕީޖީ
ކުރިއަށް އޮތް ހަފްތާތަކުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އިތުރު ދައުވާތައް ކުރަން ކޯޓަށް ހުށަހެޅޭނެ
އެމްއެމްޕީއާރުސީގެ މައްސަލައާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ކޮޅެއްގައި ޖައްސައި ހައްލު ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރަންޖެހޭ އިތުރު ފަރާތްތަކުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަމުން ގެންދަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ އިތުރު ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

ކުރިއަށް އޮތް ހަތްފާގައި ނުވަތަ ކޮންމެ ހަފްތާއަކުވެސް، ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރަން ކޯޓަށް ފޮނުވޭނެ، ހާއްސަކޮށް އެމްއެމްޕީއާރުސީއާ ގުޅޭ މައްސަލަތަކުގައި ދައުވާ ކުރަންޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅަމުންދާނެ،
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމު ވިދާޅުވީ، އެމްއެމްޕީއާރުސީއާއި ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ކޯޓަށް ހުށަހެޅި ކޯޓުތަކުން ވެސް އެމައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

ޝަމީމު ވިދާޅުވީ އެމަނިކުފާނު، ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، ޖިނާއީ އަދުލްގެ ނިޒާމު ހަރުދަނާކުރުުގެ ނިޔަތުގަ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި ދައުލަތުގެ ފައިސާއިން ބޮޑެތި ހިޔާނާތުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ތަކުރާރުކޮށް ޕީޖީ ޝަމީމު ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ހައްލެއް ގެންނަވައި "ކޮޅެއްގައި" ޖައްސަވާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ މައްސަލަތަކަށް ހައްލެއް ނުގެނެވުމަކީ އެއީ "އޮޕްޝަނެއް" ނޫން ކަމަށާއި އެއީ ނުވާނެ ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ޝަމީމު ވިދާޅުވި އެވެ.

- ކޮމެންޓް
1 ނޮވެންބަރ 2020 | އާދީއްތަ 15:04
ކޮބާ ވެންޓިލޭޓަރ ވްގު ކީޣްވެ ފިޔަވަޅު ނޭޅުނީ