ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 13:30
އާދިއްތަ ދުވަހު ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ
އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޕީޖީ ހުސައިން ޝަމީމް
"އޯލެވެލްއިން ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ނަތީޖާ ނެރެވޭއިރު، ވަޒީފާގައިވެސް ދުނިޔޭގެ ފެންވަރު ހުންނާނެ"
ޕީޖީ ޝަމީމް ވަނީ ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށްވެސް ތައުރީފް ކުރައްވާފައި
ދުނިޔޭގެ ފެންވަރުގައި ހިންގޭނެ ވަރުގެ މަސައްކަތުގެ އަޙުލާޤާއި ފެންވަރު ބޭނުންވޭ
ބޮޑެތި އިމްތިޙާނުތަކުން ގަދަ 10 ހޮވާއިރު ދުނިޔެއިން އެއްވަނަ ލިބޭ އެތައް ދަރިވަރުންނެއް ތިބޭ

އޯލެވެލް ފަދަ ބޮޑެތި އިމްތިޙާނުތަކުން ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހޯދާ އެތައް ދަރިވަރުންނެއް ރާއްޖޭގައި އުޅޭއިރު، ވަޒީފާތަކުގައިވެސް އެފަދަ ޤާބިލު އެތައް ބަޔަކު ތިބިކަން ޤަބޫލު ކުރައްވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ މޯރނިންގ ޝޯވް "ފަށާއިރު" ގައި ބައިވެރިވެވަޑައިގެން ޕީޖީ ވިދާޅުވީ، އޯލެވެލް ފަދަ ބޮޑެތި އިމްތިޙާނުތަކުން ގަދަ 10 ހޮވާއިރު ދުނިޔެއިން އެއްވަނަ ލިބޭ އެތައް ދަރިވަރުންނެއް ތިބޭ ކަމަށެވެ. އަދި އެކުދިން ކިޔަވާ ނިމުމުން ފެންވަރު ދަށް ވަނީތޯ ސުވާލު އުފައްދަވަމުން ޕީޖީ ވިދާޅުވީ ޙަޤީޤަތުގައިވެސް ޤާބިލު އެތައް ދިވެހިންނެއް ވަޒީފާތަކުގައި އުޅެމުންދާ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހާއި، ފުލުހުންނާއި، އޭސީސީ ފަދަ ތަހުޤީޤީ އިދާރާތަކުގައިވެސް ތިއްބެވީ އެފަދަ ޤާބިލު މީހުންކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އެއީ ދުނިޔޭގެ ފެންވަރުގެ ނަތީޖާ ނެރެވޭނެ ބައެއްކަން އަމިއްލައަށް ޤަބޫލުކޮށް އެގޮތަށް އުޅުންވެސް ބަހައްޓަން ޖެހޭނެ ކަމަށެވެ.

އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑުމެން ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތައް، ފުލުހުންނާ ޕީޖީ އޮފީހާ މި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަކީ ހަމަ ދުނިޔޭގެ ފެންވަރުގެ ބޭފުޅުންނޭ، ފުލުސް އޮފީހުގައިވެސް އެބަތިބި އެތައް ބައިވަރު ޑިގްރީ ހަދައިގެން ތިބި އެތައް ބައެއް، ޕީޖީ އޮފީހުގައިވެސް އެބަތިބި ވަކީލުންގެ ގޮތުގައިވެސް ހަމަ ހުސް ޑިގްރީ ނަންގަވާފައި ތިއްބެވި 100 އެއްހާ ބޭފުޅުން އެބަ އުޅުއްވާ، މީގެ ތެރޭގައި އެބަ އުޅުއްވާ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވެގެން އުޅުއްވާ ބޭފުޅުން، ރައީސްގެ ސްކޮލަރޝިޕް ލިބިގެން ބޭރުން ކިޔަވާ ވިދާޅުވެފައި ތިބި ކުދިން ޕީޖީ އޮފީހުގައިވެސް، ފުލުސް އޮފީހުގައިވެސް ސަރުކާރުގެ އިދާރާތަކުގައިވެސް، އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގައި އޯލެވެލް ގެ ޓޮޕް 10 އަންނައިރު ދުނިޔޭން އެއްވަނަ އާދޭ، އެ ކުދިން ކިޔަވާ ނިމުނީމާ ދުނިޔޭގެ ފެންވަރަށްވުރެ ދަށްވީހޭ؟ އެހެނެއް ނުވާނެ
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ވިދާޅުވީ، އަމާޒަކީ ޖިނާއީ އަދުލުގެ ނިޒާމުވެސް ދުނިޔޭގެ ފެންވަރުގައި ހިންގޭނެ ވަރުގެ މަސައްކަތުގެ އަޙުލާޤާއި ފެންވަރު މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވަނީ ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށްވެސް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޕީޖީ ވިދާޅުވީ، މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ބަޔަކު ސުވާލެއް އުފައްދަންވެސް ނުޖެހޭވަރުގެ ޤާބިލު ބައެއް ކަމަށެވެ. އަދި މިހާރު ސުޕްރީމް ކޯޓުގެ މަސައްކަތްތައް އަލިއަޅުވާލައްވާ ޕީޖީ ވިދާޅުވީ، މިހާރު ދާ ބާރުމިނުގައި މަސައްކަތްތައް ކުރިއަށްދާނަމަ އަންނަ އަހަރު ކުރީކޮޅުގައި ސުޕްރީމް ކޯޓުގެ ހުރިހާ މައްސަލަތަކެއް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތަކަށް އަލިއަޅުވާލައްވާ ޕީޖީ ވިދާޅުވީ، މަހަކު 10 މީހުންގެ މައްސަލަ ކޯޓުން ނިންމައިފިނަމަ ނުނިމި ހުރި މައްސަލަތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ދެނެގަނެވިފައިވާ މައުލޫމާތުތަކުގެ އަލީގައި އެފަަދަ ކުށްތައް އެންމެ ގިނައިން ހިނގާ އަތޮޅުތަކާއި، ކުށް ކުރާ ދުވަސްވަރާއި، އުމުރުފުރާތައް ދެނެގަނެވިފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އެ މައުލޫމާތުތަކުގެ އަލީގައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅޭނެ ކަމަށެވެ.

ނިމިދިއަ 3 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ 94 މައްސަލައެއް ވަނީ ކޯޓަށް ހުށައަޅާފައެވެ. އަދި 2019 ވަނަ އަހަރު 86 މައްސަލައެއް ހުށައަޅާފައިވާއިރު، ޕީޖީ ކަމުގެ މަޤާމާ ހުސައިން ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި ވަނީ 161 މައްސަލަ ކޯޓަށް ފޮނުވާފައެވެ،

- ކޮމެންޓް