ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 12:35
ފުލުހުންގެ ވެހިކަލެއް ދުއްވާފަދަނީ
ފުލުހުންގެ ވެހިކަލެއް ދުއްވާފަދަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ޖިންސީ ގޯނާގެ މައްސަލަ
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބައްޕަ ހައްޔަރުކޮށްފި
ފުލުހުން ބުނީ މައްސަލަ ފުލުހުން އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށް

ދ. އަތޮޅުގެ ރަށެއްގަިއ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެދު ޕްރޮވިންސް (މ، ފ، ދ އަތޮޅު) ގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން މި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާގޮތުގައި ހައްޔަރުކޮށްފަިއވަނީ އަންހެން ކުއްޖާގެ ބައްޕަ އެވެ.

ފުލުހުން ބުނީ މައްސަލަ ފުލުހުން އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އިނިޔާގެ މައްސަލަތަކަކީ ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ތަހުޤީޤްކުރަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.

- ކޮމެންޓް
1 ނޮވެންބަރ 2020 | އާދީއްތަ 18:54
މުހައްމަދު ހަސަން
ޚަބަރާ ގުޅޭ ފޮޓޯ ހާދަ ރަނގަޅޭ.