ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 18:46
މައްސަލާގައި ހައްޔަރުކުރި 4 މީހުން
މައްސަލާގައި ހައްޔަރުކުރި 4 މީހުން
ޕޮލިސް
ރޫޓުގެ ފައިސާތައް ފޭރެން އުޅުނު މައްސަލަ
ރޫޓުގެ ފައިސާތައް ފޭރެން އުޅުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް، ވަނަވަރު އާއްމުކޮށްފި
މި ފައިސާ ފޭރުމަށް މަސައްކަތްކޮށްފައި ވަނީ 2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު
މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ

ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މި ފައިސާ ފޭރުމަށް މަސައްކަތްކޮށްފައި ވަނީ 2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރުއެވެ. އަމަލީ ގޮތުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަނަވަރު އާއްމުކޮށްފައި ވަނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

- ކޮމެންޓް