ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 16:06
ރައީސް ގިރިފުއްޓައް ވަޑައިގަތުން
ރައީސް ގިރިފުއްޓައް ވަޑައިގަތުން
ރައީސް އޮފީސް
އެމްއެންޑީއެފް
ރައީސް އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފި
ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވާފައި މިވަނީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށްފަހު
މި ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފަޔަރ ޓާރގެޓްތައް ވެސް ބައްލަވާލައްވާފަ
ކު އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ޙިއްޞާކޮށްފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއެކު ހޮނިހިރު ދުވަހުގެ ހެނދުނު ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނަށް ގިރިފުށިން މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވާފައި މިވަނީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށްފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާއެކު އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ޙިއްޞާކޮށްފައެވެ.

މީގެ އިތުރުންވެސް މި ހަރަކާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ދައްކާލުމުގެ އިތުރަށް އެމް.އެން.ޑީ.އެފްގެ ވެޕަންސް އިންސްޓްރަކްޓަރއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަތިޔާރުތަކާ ގުޅޭ މަޢުލޫމާތު ވެސް އަރުވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފަޔަރ ޓާރގެޓްތައް ވެސް ބައްލަވާލައްވާފައެވެ.

އެމް.އެން.ޑީ.އެފް އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.

- ކޮމެންޓް