ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 16:21
ސިދުރަތުﷲ ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް އާންމުކޮށްފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ސިދުރަތުﷲ ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް އާންމުކޮށްފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ރާއްޖެއެމްވީ
ސިދުރަތުﷲގެ މަރު
ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފެށޭ ހަފްތާގައި އިންޑިއާއަށް ފޮނުވަނީ
ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވޭ
ރަސްފަންނު މޫދާ ދިމާލަށް ގޮސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު

މިމަހުގެ 23 ވަނަ ދުވަހު، އައިޖީއެމްޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި، ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފެށޭ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ސިދުރަތުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފެށޭ ހަފްތާގައި އިންޑިއާ އަށް ފޮނުވޭނެ ކަމަށެވެ. މިހާތަނަށް އެކަން ލަސްވެގެން ގޮސްފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ވަގުތު ނަގާތީ ކަމަށާއި މިދުވަސް ވަރަކީ ކޮވިޑް-19 ރޯގާއާ ގުޅިގެން، ދަތުރުފަތުރު ކުރުމުގައި ވެސް ބޮޑެތި އުނދަގޫތަކެއް ދިމާވެފައިވާ ދަނޑިވަޅަކަށްވާތީ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި، ރާއްޖޭން ބޭރަށް ފޮނުވެންދެން އޭނާގެ ހަށިގަނޑު ބާއްވައިފައި އޮތީ، ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

ސިދުތަރުﷲގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައި ވަނީ، އެއީ ޤުދުރަތީ މަރެއްކަން ކަށަވަރު ނުކުރެވޭތީ އެވެ. މަރުވެފައި އޮއްވައި ފެނުނު ސިދުރަތުﷲގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް އާއިލާއިންވެސް ފާހަގަކޮށްފައިވާއިރު އާއިލާއިންވެސް ތުހުމަތު ކުރަނީ، ސިދުރަތުﷲ މަރާލާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވަނީ، މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު، 9:00 އާއި 10:00 އާއި ދެމެދު ސިދުރަތުﷲ ރަސްފަންނާއި ދިމާއަށް މޫދަށްއެރެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް އާއްމުކޮށްފައެވެ.

- ކޮމެންޓް