ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 13:37
މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓްއަށް ޕްރައިވެޓް ޖެޓް ޖައްސަނީ
މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓްއަށް ޕްރައިވެޓް ޖެޓް ޖައްސަނީ
ސޯޝަލް މީޑިއާ
މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓް
އޮކްޓޯބަރު މަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 42 ޖެޓް ޖައްސައިފި
ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 80 ޖެޓް ވަނީ އައިސްފައި
މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ފްލައިޓް މޫވްމަންޓް އިތުރު
މި މަހުގެ 24 ވަނަ ދުވަހު 8 ޖެޓް ވަނީ އައިސްފައި

އޮކްޓޯބަރު މަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖުމްލަ 42 ޖެޓް ޖައްސާފައިވާކަމަށް އެ އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން، މުމްތާޒް ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް މޫވްމަންޓް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހަކީ މިހާތަނަށް އެއްދުވަހު ތެރޭގައި އެންމެ ގިނަ ޕްރައިވެޓް ޖެޓް އައި ދުވަސްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެދުވަހު އަށް ޕްރައިވެޓް ޖެޓް ވަނީ އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15ވަނަ ދުވަހު ޓޫރިސްޓުންނަށް ހުޅުވާލި ފަހުން މާފަރު އެއާޕޯޓަށް މިހާތަނަށް 80 ޖެޓް އައިސްފައިވާއިރު މިމަހުގެ މިހާތަނަށް 42 ޖެޓް ވަނީ އައިސްފައެވެ.

މީގެ އިތުރުން ވީއައިއޭއިންވެސް މިމަހުގެ 27ވަނަ ދުވަހު ނެރެފައިވާ ޕްރައިވެޓް ޖެޓް އެރައިވަލްސް ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން ވީއައިއޭއަށް އެންމެ ގިނަ ޖެޓް އައިސްފައިވަނީ އޮކްޓޯބަރ މަހުގައެވެ. އެގޮތުން މިމަހު 126 ޖެޓް އައިސްފައިވާ ކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ.

މިދިއަ އަހަރުގެ ޑިސެމްބަރު 1 ގައި ރަސްމީކޮށް ހުޅުވި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިޔަވައި ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ.

- ކޮމެންޓް