ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 13:19
އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅަށް ތައްޔާރުގައި އޮތް މޯލްޑިވިއަންގެ ސީޕްލޭން
އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅަށް ތައްޔާރުގައި އޮތް މޯލްޑިވިއަންގެ ސީޕްލޭން
އައި-ޝަޓަރ
މޯދީގެ ސީޕްލޭން ދަތުރުފުޅު
މޯދީގެ ސީޕްލޭން ދަތުރަކީ ކަނޑުތަކުގައި ދިވެހިންގެ ތަޖުރިބާއަށް ގައުމުތަކުން އިހްތިރާމް ކުރާ ކަމުގެ ހެއްކެއް: ރިޒްވީ
އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ ދަތުރުފުޅަކަށް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ޗަރޓަރ ކޮށްފައި
އިންޑިއާ އިން ރާއްޖޭގެ ގައުމީ އެއަރލައިން އިހްތިޔާރު ކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ޝަރަފެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިއާ އާއި ރާއްޖެ އާއި އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރި ކުރުމަށް އިޝާރާތް ކުރައްވާ ރިޒްވީ ވިދާޅުވީ، އިންޑިއާ އިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗަރޓަރ ކުރެވޭނެ ކަމަށާއި، ސީޕްލޭންގެ ޚިދުމަތް ދެމުންގެންދާ އެތަށްގައުމެއް އޮތް ނަމަވެސް އަވައްޓެރި އިންޑިއާ އިން ރާއްޖޭގެ ގައުމީ އެއަރލައިން އިހްތިޔާރު ކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުންވީހާ ވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން.

ސްޕައިސްޖެޓްގެ މިދަތުރުގެ އިތުރުން، އިންޑިއާ ގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާކަމަށް ރިޒްވީ ވިދާޅުވިއެވެ.

މޯދީގެ ދަތުރުފުޅަކީ ދެގައުމަށްވެސް ވިންވިން ސިޓުއޭޝަނެކެވެ. މި ދަތުރާއެކީގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ރާއްޖޭގެ މާސިންގާ ކަނޑުތަކުން ދިވެހިން ހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ދަތުރަކަށް ވެގެންދާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ޚާއްސަ ދަތުރުފުޅުގެ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ރިޒްވީ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވި އުންމީދީ މުސްތަގުބަލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.

- ކޮމެންޓް