ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 11:11
އިމިގްރޭޝަން ކައުންޓަރުގައި ހިދުމަތް ދެނީ
އިމިގްރޭޝަން ކައުންޓަރުގައި ހިދުމަތް ދެނީ
އިމިގްރޭޝަން
އިމަރޖެންސީ ޑިޕަރޗަރ
"އިމަރޖެންސީ ޑިޕަރޗަރ ފޯމު" ހުށަހަޅައިގެން ފުރޭނެ އެންމެ ފަހު ތާރީހަކީ 31 ޑިސެމްބަރު: އިމިގްރޭޝަން
ފުރޭނީ ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" ފޯމު އިމިގްރޭޝަންގެ ޑިޕަރޗަރ ކައުންޓަރަށް ހުށަހެޅުމުން
ބިދޭސީން ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަން ޖެހޭނެ
ނޮވެމްބަރު މަހުން ފެށިގެން ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ ވަކި އުސޫލުތަކެއްގެ މަތިން

އިމަރޖެންސީ ޑިޕަރޗަރ ފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަސް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަން އިން ބުނީ ވާރކް ވީޒާގެ މުއްދަތު ހަމަވެ އައުކުރެވެން ނެތް ފަރާތްތަކާއި، އެހެނިހެން ބާވަތްތަކުގެ ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުން ގެންދާ ފަރާތްތަކުގެ ތެރެއިން، ދޫކޮށްފައިވާ ވީޒާގެ މުއްދަތު އައުކުރެވެން ނެތް ހާލަތްތަކުގައި، ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ.

ނަމަވެސް މި އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" ފޯމު އިމިގްރޭޝަންގެ ޑިޕަރޗަރ ކައުންޓަރަށް ހުށަހެޅުމުން ކަމަށާއި މިއާއެކު ބިދޭސީން ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރުމުން ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަންނުން ވަނީ ކޮވިޑް-19 ގެ ސަބަބުން، ވީޒާ އައުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް، މިއަހަރުގެ މާރޗް މަހުން ފެށިގެން އިތުރު ލުއި ފަސޭހަ ގޮތްތަކެއް ތަޢާރަފު ކޮށްފައެވެ.

އެގޮތުން، ވީޒާ ދޫކުރެވެން ނެތް ހާލަތްތަކުގައި "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" ފޯމު މެދުވެރިކޮށް، 31 އޮކްޓޯބަރ 2020 ގެ ކުރިން ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާދީފައެވެ. ނޮވެމްބަރު މަހުން ފެށިގެން ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ ކަނޑައަޅާފައިވާ ވަކި ގޮތެއްގެ މަތިން އަމަލު ކުރުމުންނެވެ.

- ކޮމެންޓް