ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 09:01
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންހެދިފައި
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންހެދިފައި
ރާއްޖެ އެމްވީ
ރާއްޖޭގެ މޫސުން
މެދުރާއްޖެތެރެއަށާއި ދެކުނަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާއި ހަމައަށް އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަަށް މަޑުވާނެ

މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާއި ހަމައަށް އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 4 ފޫޓާއި ދެމެދު ކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް