ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 22:23
ތުރުކީއަށް އައި ބިންހެލުމާއިއެކު އިމާރާތެއް ބިމާއި ހަމަވެފައި ވަނިކޮށް
ތުރުކީއަށް އައި ބިންހެލުމާއިއެކު އިމާރާތެއް ބިމާއި ހަމަވެފައި ވަނިކޮށް
ގެޓީ އިމޭޖަސް
ތުރުކީއަށް ސުނާމީ އެރުން
ބާރުގަދަ ބިންހެލުމާއިއެކު ތުރުކީއަށް ސުނާމީ އަރައިފި
މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 މެގްނެޓިއުޑް ބާރުމިނުގައި
ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ތުރުކީ އާއި ގްރީސްއަށް ރެކްޓަރ މިންގަނޑުން 7.0 މެގްނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމަށްފަހު، ތުރުކީއަށް ސުނާމީ އެއް އަރައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގެ ސަބަބުން ތުރުކީގެ އިތުރުން ގްރީސްގެ ބައެއް ގެތައް ބިމާ ހަމަވެފައިވާއިރު، ސުނާމީ އަރާފައިވަނީ ގްރީސްގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ އިޒްމިރް އަށެވެ.

ތުރުކީގެ ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމަކު ސުނާމީގެ ސަބަބުން އެކަމަށް ކޮންމެސް ވަރަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ތުރުކީގެ އިތުރުން ގްރީސްއަށް ވެސް ވަނީ ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައެވެ.

މިއަހަރުގެ ޖެނުވަރީ މަހު ތުރުކީގެ އިލަޒިގް ޕްރޮވިންސްއަށް އައި ބާރުގަދަ ބިން ހެލުމުގައި 30 މީހުން ވަނީ މަރުވެފައެވެ. އަދި 1،600 މީހުންނަށް ވަނީ ޒަހަމްވެފައެވެ.

ހުކުރު ދުވަހު އިޒްމިރް ސިޓީއަށް އައި ބިންހެލުމުގައި މަރުވި މީހުން އަދި ޒަހަމްވި މީހުންގެ އަދަދު ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް