ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 22:08
އައިޖީއެމް ހޮސްޕިޓަލް
އައިޖީއެމް ހޮސްޕިޓަލް
ރާއްޖެއެމްވީ
އައިޖީއެމްއެޗްގެ ސްޓްރޯކް ކްލިނިކް
ސްޓްރޯކް ކްލިނިކުން 46 މީހަކަށް ވަނީ ފަރުވާދީފައި: އައިޖީއެމްއެޗް
40 މީހަކު ވަނީ އެނދުމަތި ކުރެވިފައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމްކޮށްފައިވާ ސްޓްރޯކް ކްލިނިކް ގައި 46 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފާހަގަކުރި ދުނިޔޭގެ ސްޓްރޯކް ދުވަހުގެ މުނާސަބަތުގައި އައިޖީއެމްއެޗުން ނެރެނު ބަޔާނެއްގައި ބުނީ، އޮޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ސްޓްރޯކް ސެންޓަރެއް ހުޅުވި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. 24 ގަޑިއިރުގެ ހިދުމަތް ދެވޭ އެ ސެންޓަރުގައި ހަ އެނދު ހިމެނޭއިރު އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ދެ އެނދެވެ. އެ ހޮސްޕިޓަލުން ބުނީ، ހިދުމަތް ދޭންފެށިތާ ދެ މަސް ދުވަސް ވެފައިވާއިރު މިހާތަނަށް 40 މީހުން ވަނީ އެނދުމަތި ކުރެވިފަރުވާދެވިފައެވެ.

އޭގެ އިތުރުން ސްޓެރޯކައް ފަހު އާއްމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާން ފިޒިއޯތެރަޕީ، ޕީޗްތެރަޕީ އަދި ޑައެބެޓިކްސް ފަދަ ހިދުމަތްތަކުގެ އިތުރުން، ކައިރި މުސްތަގްބަލެއް ގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސޯޝަލް ވޯކަރުންގެ ހިދުމަތްތައްވެސް ސެންޓަރުން ފޯރުކޮށް ދެވެނޭ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗް ގައި ވަނީ ސްޓްރޯކް ކްލިނިކެއްވެސް ގާއިމްކޮށްފައެވެ. އެ ކްލިނިކަކީ ސްޓްރޯކް އަށް ފަރުވާދެވި ދޫކޮށްލާފައިވާ ބަލި މީހުންނަށް ގަވާއިދުން ފަރުވާ ދިނުމަށް ގާއިމް ކުރެވިފައިވާ ކްލިނިކެކެވެ. ސްޓްރޯކް ޖެހިފައިވާ އަދި ޖެހުމުގެ ފުރުސަތު އޮތް ބަލިމީހުންނަށް ހިދުމަތް ކުރުމުގައި ބުރަކޮށް މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ މިންނަތް މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް އައިޖީއެމްއެޗުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

- ކޮމެންޓް