ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 15:50
ރާއްޖޭގެ ރިސޯޓެއް: ކުރިއަށް އޮތީ، ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަމުންދާ ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރު
ރާއްޖޭގެ ރިސޯޓެއް: ކުރިއަށް އޮތީ، ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަމުންދާ ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރު
ބުކިންގ.ކޮމް
ޓޫރިސްޓް ރިސޯޓް
މިހާތަނަށް 126 ރިސޯޓު އަލުން ހުޅުވައިފި
ރާއްޖޭގައި 156 ރިސޯޓް އޮޕަރޭޓް ކުރޭ
ކޮންމެ އަހަރެއްގެ ވެސް، ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ އަކީ ވަރަށް ގިނަ އަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ދުވަސްވަރެއް
މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ، ނަމަވެސް ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން މިއަދަދު މިއަހަރު މިވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައި

ކޮވިޑް-19 ޕެންޑަމިކްއާއި ގުޅިގެން، ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ހުޅުވާލުމާއެކު މިހާތަނަށް 126 ޓޫރިސްޓް ރިސޯޓެއް އަލުން ހުޅުވައިފި އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެ ތެރެއިން އަލުން ހުޅުވާފައި ވަނީ 126 ރިސޯޓެވެ. އޭގެތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ރިސޯޓްތައް ހިމެނެއެވެ.

މިދިއަ ޖުލައި 15 ގައި ބޯޑަރު ހުޅުވާލާފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސޭފް ޓޫރިޒަމް ގައިޑްލައިނާއެކުގަ އެވެ. އެގޮތުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައި ވެއެވެ.

އެގޮތުން އެ ގައިޑްލައިނާ އެއްގޮތަށް މިހާރު 126 ރިސޯޓް ހުޅުވައި، ފަތުރުވެރިންނަށް ހިދްމަތް ދެމުންދާއިރު، މި އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ 94 ޕަސެންޓް ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމާބެހޭ ވުޒާރާތަކުން ބުނެއެވެ.

ރާއްޖޭގައި 156 ރިސޯޓް އޮޕަރޭޓް ކުރެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ލިބެމުންދިޔަ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފައެވެ. ރާއްޖޭއަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ހިއްސާ ކުރަނީ ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުންނެވެ.

ކޮންމެ އަހަރެއްގެ ވެސް، ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ އަކީ ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ދުވަސްވަރެވެ. އެއީ ސީޒަންގެ އެންމެ ޕީކް ދުވަސްވަރެކެވެ.

މިދިޔަ 2019 ވަނަ ވަނަ އަހަރަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

ނަމަވެސް މި އަހަރު ފެށުމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް-19 ރޯގާއާއި ގުޅިގެން، މުޅި ދުނިޔޭގެ އިދްތިޞާދު ދަށަށް ގޮސް، ދަތުރުފަތުރުކުރުމުގެ ދާއިރާ އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. ކޮވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ކަމާބޭހޭ އިދާރާތަކުން މިހާރު ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށް ލަފާކުރެވެނީ 800،000 އެއްހާ ފަތުރުވެރިންނެވެ.

- ކޮމެންޓް