ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 09:26
ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް ޤާސިމް އަބްދުލްކަރީމް
ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް ޤާސިމް އަބްދުލްކަރީމް
ރައީސް އޮފީސް
ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް
އެންއައިސީގެ ރައީސަކަށް ގާސިމް
އެންއައިސީއަށް އައްޔަނުކުރުމަށް ޤާސިމް އަބްދުލްކަރީމަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު
ގާސިމް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލުމުން ޖަލަށް ލެވުނު ބޭފުޅެއް
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނެއް

ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މަގާމަށް ޤާސިމް އަބްދުލްކަރީމް އައްޔަންކުރައްވައިފިއެވެ.

އޭނާ އައްޔަނުކުރެއްވިކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވާފައެވެ.

އެންއައިސީއަށް އައްޔަނުކުރުމަށް ޤާސިމް އަބްދުލްކަރީމަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ މި މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ 51 މެމްބަރުން ވޯޓުދެއްވިއެވެ.

ގާސިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލެއްވި ބޭފުޅެކެވެ.

އޭރު އޭނާ ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރުގެ މަގާމުގައެވެ. އެންއައިސީގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އިއުލާން ކުރުމުން، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓްގައި އޮތީވެސް ގާސިމްގެ ނަމެވެ.

އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ގާސިމްގެ އިތުރުން ކޮމިޝަންގައި މިހާރު ތިއްބަވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާންގެ އިތުރުން ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.

- ކޮމެންޓް