ފަރަންސޭސްވިލާތުގެ ރައްޔިތުން މުސްލިމު ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެ ގައުމުން ގޮވާލައިފިއެވެ.
ފަރަންސޭސްވިލާތުން މިގޮތަށް ގޮވާލާފައި މި ވަނީ އެ ގައުމުގެ ރައްޔިތަކު ކީރިތި ރަސޫލާގެ ކާޓުން ފޮޓޮއެއް ކުރަހާ، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ސަބަބުން ހަރުކަށި ފިކުރުގެ މީހަކު އޭނާގެ ބޯ ބުރިކޮށްލާ މަރާލުމާއި އެކު ނުތަނަވަސްކަން ވަނީ ފެތުރިފައެވެ. އަދި އެ ކުރެހުމުގެ ސަބަބުންނާއި ފަރަންސޭސްވިލާތުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގިނަ މުސްލިމް ގައުމުތަކުން ދަނީ ނުހުރުން ފާޅު ކުރަމުންނެވެ.
އެގޮތުން ތުރިކީވިލާތުން ފަރަންސޭސީ އުފެެއްދުންތައް ބޮއިކޮޓް ކޮށްފައިވާ އިރު، ސައުދީ އަރަބިއްޔާއިން ވެސް ވަނީ ރާސޫލާގެ ކާޓުން ކުރެހި ކުރެހުން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އެހެން ނަމަވެސް އެ ގައުމުން ވަނީ ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރުގެ އަމަލުތައް ކުއްވެރިކޮށްފައެވެ.
މީގެ ކުރިން މުސްލިމް ވޯލްޑް ލީގުން ވެސް ވަނީ މީހެއް ބޯ ބުރިކޮށްލައި އަނިޔާވެރިކޮށް އޭނާ މަރާލި މައްސަލަ ކުށްވެރިކޮށްފައެވެ. ފަރަންސޭސްވިލާތުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން މުސްލިމް ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ސަމާލުވުމަށް ގޮވާލައި އެއްވުންތައް ބާއްވާނަމަ ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.