ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 35 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 11 ބިދޭސީންނެވެ.
އޭގެ ތެރެއިން 26 މީހުން ޕޮޒިޓިވްވެފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. ރިސޯޓްތައް ހިމެނޭ ގޮތަށް އަތޮޅު ތެރެއިން ޕޮޒިޓިވްވެފައި ވަނީ 9 މީހުންނެވެ. އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11567 އަށް އަރާފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1517 ސާމްޕަލްއެއް ނަގާފައިވާ އިރު މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 871 ކޭސްއެއް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީސްތަކުގައި 320 މީހަކު ތިބިއިރު 47 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 10652 ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުން އަދަދަކީ 37 އެވެ.