ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު ހުޅުވާލިފަހުން 50،000 އަށް ވުރެ ގިނަ މީހުން ރާއްޖެ އައިސްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑޮކްޓަރ ނަޒްލާ ވަނީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލު ފަހުން މިހާތަނަށް 53،050 މީހުން ރާއްޖެ އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ މީހުން އައިސްފައި ވަނީ އެމިރޭޓްސް އެއަރލައިނުން ކަމަށް ހާމަ ކޮށްފައެވެ. އެގޮތުން 13،000 އަށް ވުރެ ގިނަ މީހުން އެ އެއަރލައިންގައި ރާއްޖެ އައިސްފައިވާ އިރު، އެމިރޭޓްސްއިން ވަނީ ރާއްޖެއަށް 160 އަށް ވުރެ ގިނަ ދަތުރުކޮށްފައެވެ.
އެމިރޭޓްސްގެ އިތުރުން، އިތުރު 10 އެއަރލައިނަކުން މިހާރު ރާއްޖެ އަށް ދަތުރުތައް ފަށާފައިވާ އިރު، ނޮވެމްބަރ މަސް ނިމޭއިރަށް ރާއްޖެ އަށް 18 އެއަރލައިނުން ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިިނިސްޓަރ ވަނީ ވިދާޅުވެފައެފެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.