ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 11:44
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މަޖިލިސް
ކާށިދޫގެ ކޭބަލް ކާރުގެ މަސައްކަތް
ކާށިދޫއިން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން: އަސްލަމް
އަސްލަމް ވިދާޅުވީ ކޭބަލް ކާރު އެޅުމަކީ 'ފީސިބަލް' ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް
ޖާބިރު ވަނީ ނުރުހުން ފާޅުކުރާއްވާ ތަޅުމުގައި އަޑުގަދަކުރައްވާފަ
ކާށިދޫ އަދި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ޖާބިރު ވެފައިވާ ވައުދެއް

ކ. ކާށިދޫއިން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ކ.ކާށިދޫ އަދި ކ.ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ސަރުކާރުގެ ޕްލޭންގައި ހިމަނާފައި ނުވަނީ ކީއްވެެގެންތޯ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ކާށިދޫއިން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ 'ފީސިބަލް' ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މި ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވިނަމަވެސް، އެއީ ވާނެ ކަމެއް ނޫންކަން އެނގެން ޖެހޭ ކަމަށާއި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ކޭބަލް ކާރުގެ ވާހަކައެއް އަޅުގަނޑު ނުވެސް އަޑުއަހަން. ރައްޔިތުންނަށް ވެސް އަޑުއިވޭނެ. އިއްޒަތްތެރި މެމްބަރުވެސް ހުށައަޅުއްވާފައި އޮތް ވާހަކައެއް ރައްޔިތުންގެ ތެރޭގައި. އަޅުގަނޑު ގަބޫލެއް ނުކުރަން، ހަމަ އެއްގޮތަކަށްވެސް ހަމަ ބުއްދީގަ ހުރެގެން ގަބޫލެއް ނުކުރަން، ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައި. ދިވެހި ރައްިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ މިބާވަތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކިއަސް އެއީ ވާނެ ކަމެއް ނޫން ކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމުގައެއް. އެއީ ކުރަން ހެޔޮ ވާ ވަރުކަމެއް ކަމުގައިވެސް.
މިނިސްޓަރ އޮފް ހައުސިން ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިހެން ވިދާޅުވުމުން ޖާބިރު ވަނީ ނުރުހުން ފާޅުކުރާއްވާ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ.

މިނިސްޓަރގެ ޖަވާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު ރައްޔިތުންނަށް ދެމުންދާ އުއްމީދަކީ ރާއްޖޭގައި އެބާވަތުގެ ބޮޑެތި އުމްރާނީ ތަރައްގީ ހިންގާ ކޮންމެ ރަށަކީ ގައުމެއްގެ ގޮތުގައި ސިފަވާ ގޮތަށް އެރަށެއް ތަރައްގީ ކުރުން ކަމަށެވެ. އަދި އެފަދަ އުއްމީދު ދެއްވާއިރު، އެއީ ކުރެވޭނެ ކަމެއްތޯ ވިސްނެވުން ވަރަށް މުހިއްމު ކަމަށެވެ.

މި ސުވާލުގައި އަޅުގަނޑު ފާހަގަކޮށްލަން އެބައޮތް، ރާއްޖޭގެ 194 ރަށު ބޭރުގައި އެންމެ ފަހުން އެއަރޕޯޓު އަޅުއްވާނީ ބާއޭ، އޭރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު. އަޅުގަނޑުމެންގެ ހަނދާނުގައި ރަށްތަކުގައި މި ދެކޭ ހެވީ ކޮންކްރީޓުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފެށުނީ. އެނގިވަޑައިގަންނަވާނެ ފުރަތަމަ ކޮންމެ ރަށެއްގައި އެއްގަމު ތޮއްޓެއް، ބަނދަރެއް، މަގުތައް، ފެނާއި ނަރުދަމާގެ ނިޒާމު، ހަމަ މިހާރު އެއާއި އެކީގައި އަޅުގަނޑުމެން އެބަ ވިސްނުމެއް، އުއްމީދެއް ރައްޔިތުންނަށް ދޭ އެކި އެކި ތަންތަނުގައި މިބާވަތުގެ ބޮޑެތި އުމްރާނީ މަސައްކަތްތައް ހިންގާ ކޮންމެ ދިވެހިރާއްޖޭގެ ފުރަތަމަ ރަށަކީ ގައުމެއްގެ ގޮތުގައި ސިފަވާގޮތަށް ހުރިހާ ހިދުމަތެއް އެރަށަކުން ލިބޭނެ އަމާޒެއްގައި ވިސްނުމުގެ ނުވަތަ ތަރައްގީގެ ތަސައްވުރެއް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކާށިދޫ އަދި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.

- ކޮމެންޓް