އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ހުށައަޅާ، ބިލުގެ އިބްތިދާއީ ބަހުސް ފަށައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށައަޅުއްވައި ދެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ބިލު ހުށައަޅުއްވަމުން މެމްބަރު ވިދާޅުވީ މި ބިލަކީ ދަރަނިވެރިޔާގެ ދަރަނި ނުދެއްކިގެން އެފަދަ ފަރާތެއް އިފްލާސްވުމާއި އިފްލާސްކުރުމުގެ ކަންކަން ބަޔާންކޮށްފައިވާ ބިލެއް ކަމަށެވެ. އަދި އޭނާ ވަނީ މި ބިލު ހުށައެޅުމުގެ މަގްސަދުތައް މަޖިލީހާއި ހިއްސާ ކުރައްވާފައެވެ.
މި ބިލު އެކުލަވާލާ ހުށައަޅާ ސަބަބުތަކުގެ ތެރޭގައި ދަރަނިވެރިޔާ އަރަނިވެރިންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވާއިރުވެސް އެފަދަ ފަރާތްތަކާއި މެދު އެކަށިގެންވާ ފިޔަވަޅެއް ނޭޅޭތީއާއި އަރަނިވެރިންގެ ދަރަނި އަދާ ކުރުމަށް ޝަރުއީ ކޯޓަށް ހާޒިރު ނުވާއިރު އަދި ގައުމު ދޫކޮށް ދާއިރު ވެސް އެކަށިގެންވާ ފިޔަވަޅުތައް ނޭޅޭތީއާއި ދަރަނި ދެއްކުމުގެ ގާބިލުކަން ނޯންނަ އިރު ވެސް ދަރަނިވެރިޔާ އިފްލާސް ކުރުމުގެ ބަދަލުގައި އެ ފަރާތްތަކުގެ މައްޗަށް އަރަނިވެރިން ފުލުފުލުގައި ފައިސާ ހޯދުމަށް ދައުވާކޮށް ހުކުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ފަދަ ފަރާތްތައް ބަންދުކޮށް ޖަލަށްލަމުން ދާތީފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
މީގެ އިތުރުން މެމްބަރު ވިދާޅުވީ ގާނޫނު އަސާސީގެ 55 ވަނަ މާއްދާގެ ދަށުން މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުމުން ނަމަވެސް އެފަދަ މީހެއް ހައްޔަރުކޮށް، ބަންދު ކޮށްގެން ނުވާނެ ކަމަސް ބަޔާން ވެގެންވީ ނަމަވެސް ކަނޑައެޅިގެން އަސާސީ ހައްގާއި ހިލާފަށް ކޯޓުތަކުން އަމަލު ކުރަމުންދާ ކަމަށެވެ. އަދި ހަރުދަނާ އިފްލާސްކުރުމުގެ ނިޒާމެއް ތައާރަފް ވުމުން ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އަރަނިވެރިޔާ އިފްލާސްވުމުގެ މަރުހަލާތައް ކަނޑައްތުކޮށް ނިމުމުން އަނެއްކާ ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.