ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:16
ފެންފުށިން އަތުލައިގަނެވުނު މަސްތުވާތަކެތި
ފެންފުށިން އަތުލައިގަނެވުނު މަސްތުވާތަކެތި
ޕޮލިސް
ފެންފުށިން ހޯދި މަސްތުވާތަކެތި
ފެންފުށިން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި
އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރި
މި ތަކެއްޗަކީ ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ މަސްތުވާތަކެތީގެ މައްސަަލައާ ގުޅުންހުރި މަސްތުވާތަކެތި

އދ. ފެންފުށިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ފެންފުށިން ފުލުހުން ވަނީ އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުއްޓެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އދ އަތޮޅުގެ ބައެއް ޕޮލިސް ސްޓޭޝަންތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެއްޗެވެ.

އެގޮތުން، ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅެއް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ތަކެއްޗަކީ މި އޮކްޓޯބަރ 08 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަަލައާ ގުޅުންހުރި މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް