ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:26
ހިތަދޫ އިން ފޭރުނު ތަކެތި
ހިތަދޫ އިން ފޭރުނު ތަކެތި
ޕޮލިސް
އައްޑޫ ސިޓީގައި ފޭރުނު ދެމީހަކު ހައްޔަރުކުރުން
ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުން
ހައްޔަރުކޮށްފައި ވަނީ 38 އަހަރާއި، 39 އަހަރުގެ ދެ މީހުން

އައްޑޫ ސިޓީގައި ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ދެމީހުން ފޭރިފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ. އެގޮތުން ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އެރަށު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 38 އަހަރާއި، 39 އަހަރުގެ ދެ މީހުން ކަމަށެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.

މި ދެމީހުން ހައްޔަރުކޮށް ފޭރުނު ކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ފުލުހުން ވަނީ އެތަކެތި ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް