ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:23
ގއ.ދެއްވަދޫ، 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވޭ
ގއ.ދެއްވަދޫ، 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވޭ
ފޭސްބުކް
ދެއްވަދޫއިން ގޯތި ދޫކުރުން
ދެއްވަދޫއިން ގޯތި ދޫކުރުން: ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
117 މީހަކު ފޯމް ހުށަހަޅާފައިވޭ
ނޮވެންބަރު 10ގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭ
2000 އަކަފޫޓުގެ 20 ގޯއްޗާއި، 1800 އަކަފޫޓްގެ 11 ގޯތި ދޫކުރުމަށް ނިންމާފައިވޭ

ގއ. ދެއްވަދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދެއްވަދޫ ކައުންސިލުން ބުނީ ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން 117 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދިހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމަށްފަހު އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އެއިދާރާގެ ނޯޓިސް ބޯޑާއި، ފޭސްބުކް ޕޭޖް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ވަގުތީ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ 10 ނޮވެމްބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އެއިދާރާއަށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުން އެއިދާރާގެ ރިސެޕްޝަނަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް[email protected]ނުވަތަ[email protected]ށް ކަމަށް ކައުންސިލުން ބުނެއެވެ.

ދެއްވަދޫ އިން 2000 އަކަފޫޓުގެ 20 ގޯއްޗާއި، 1800 އަކަފޫޓްގެ 11 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމާފައިވެއެވެ.

- ކޮމެންޓް