ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:17
ފައިލް ފޮޓޯ - މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން
ފައިލް ފޮޓޯ - މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނެގުން
މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަނީ!
މިހަފްތާ ތެރޭގައި މަސައްކަތް ފަށާނެ
މިއަންނަ ބުދަ ދުވަހުގެ ކުރިން އެއްޗެހިތައް ނެގުމަށް ވަނީ އަންގާފައި
މިކަމުގެ ސަބަބުން އާންމުންނަށް ގިނަ އުދަނގޫތަކާ ކުރިމަތިވޭ

މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓް ނަގައި ސާފު ކުރުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓްތަކާއި، މީހުންނަށް އަނިޔާވާގޮތަށް، ހަލާކުވެފައިވާ ޕެލެޓްތަކާއި، އެހެނިހެން ތަކެތި މިހަފްތާ ތެރޭގައި ނަގަމުން ގެންދާނެ ކަމަށެވެ.

ކައުންސިލުން ބުނީ މިމަހުގެ 28ވާ ބުދަ ދުވަހުގެ ކުރިން މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ ތަކެތި ނަގައި ތަން ސާފު ކުރުމަށް އެދޭ ކަމަށާއި، މިމަހުގެ 28ގެ ފަހުން ވެރިފަރާތުން ނުގެންގޮސް އެއްވެސް ޕެލެޓެއް ނުވަތަ މުދަލެއް ހުރެއްޖެ ނަމަ ކުނީގެ ގޮތުގައި އެފަދަތަކެތި ނަގައި ނައްތާލާނެ ކަމަށެވެ. އަދި ތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ޒިންމާ ނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ޕެލެޓް ބަހައްޓާފައިހުރެއެވެ. އެހެންކަމުން ހިނގާބިގާވެ އުޅޭ މީހުންނަށް އެތައް އުދަނގޫތަކެއް ކުރިމަތިވަމުންދާއިރު، ބައެއް މީހުންނަށް އަނިޔާވެފައި ވެސް ވެއެވެ. މިމަމައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާއާއި ގުޅިގެން މީގެ ކުރިން ވެސް މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނަގައި ނައްލާތުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.

- ކޮމެންޓް