ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 09:12
ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި 15ގައި، އޭގެ ފަހުން ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އަންނަމުންދޭ
ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި 15ގައި، އޭގެ ފަހުން ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އަންނަމުންދޭ
ވެލާނާ އެއާޕޯޓް
ކޮވިޑަށް ޕޮޒިޓިވްވުން
ރިސޯޓުތަކުގައި 108 އެކްޓިވް ކޭސް!
24 ރިސޯޓެއްގައި އެކްޓިވް ކޭސް ހިމެނޭ
26 ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ 82 މުވައްޒަފުން
އަތޮޅުތެރޭގެ 22 ރަށަކުން އެކްޓިވް ކޭސް ފެނިފައިވޭ

ރާއްޖޭގެ ރިސޯޓުތަކުގައި މިވަގުތު 108 އެކްޓިވް ކޭސް ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 24 ރިސޯޓެއްގައި އެކްޓިވް ކޭސް ހިމެނެއެވެ. އެއީ 26 ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ 82 މުވައްޒަފުންނެވެ.

މިވަގުތު ރާއްޖޭގައި 937 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ރިސޯޓުތަކުން ފަރުވާ ހޯދަމުންދަނީ މީގެ ތެރެއިން 11.5 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ 22 ރަށަކުން އެކްޓިވް ކޭސް ފެނިފައިވެއެވެ. އެއީ 35 ދިވެހިންނާއި، 10 ބިދޭސީންނެވެ.

ރާއްޖޭގައި މިހާތަނަށް 11,505 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 10،524 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިހާރު 307 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، 37 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ހޯދަމުންނެވެ.

މިހާރު ކޮވިޑްގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު މަދުވިކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް