ކ. މާލެ
|
25 އޮކްޓޯބަރ 2020 | އާދީއްތަ 03:30
ޖެނޯއާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-0 ން
ޖެނޯއާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޖެނޯއާ އަތުން އިންޓައަށް މޮޅެއް
ޖެނޯއާ އަތުން އިންޓަ މޮޅުވީ 2-0 ގެ ނަތީޖާއަކުން
މި މޮޅާއެކު އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި 10 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޖެނޯއާ އަތުން އިންޓަ މިލާން މޮޅުވެއްޖެއެވެ.

ޖެނޯއާގެ ދަނޑުގައި ކުޅުނު މި މެޗުން އިންޓަ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސ،ް މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި އިންޓައިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ނިކޯލޯ ބަރެއްލާގެ އެހީއާއެކު މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މިއީ އިންޓަ އާއި ބެލްޖިއަމުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފަހުން ކުޅެދިން 13 މެޗުގައި ލުކާކޫ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ 79 ވަނަ މިނެޓުގައެވެ. އަންދްރެއާ ރަނޯކިއާ ނަގައިދިން ކޯނަރަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ޑެނީލޯ ޑަމްބްރޯސިއޯއެވެ.

މި މޮޅާއެކު އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސަސުއޯލޯއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. އަދި އިންޓަ އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ 15 ވަނައިގައި ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް