ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 22:08
ތޮއްޑޯ އޯޕަންސް 2020 ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ބައެއް ކުޅުންތެރިން
ތޮއްޑޯ އޯޕަންސް 2020 ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ބައެއް ކުޅުންތެރިން
ސޯޝަލް މީޑިއާ
ތޮއްޑޯ އޯޕަންސް 2020
ތޮއްޑޫ އޯޕަންސް ބެޑްމިންޓަން މުބާރާތުގެ ކުޅުން ފަށައިފި
ދެ ޖިންސުގައި ޖުމްލަ 53 ކުޅުންތެރިން ވަނީ ބައިވެރިވެފައި
މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު

ތޮއްޑޯ އޯޕަންސް 2020 ބެޑްމިންޓަން މުބާރާތުގެ ކުޅުން ފަށައިފިއެވެ.

އއ. ތޮއްޑޫގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން ހުކުރު ދުވަހުގެރޭ ފައްޓަވައިދެއްވީ އެ ރަށު ކައުންސިލުގެ ނައިބު ރައީސް ހަސަން އިބްރާހިމެވެ. މި މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާއި، ބެޑްމިންޓަން އޭޝިއާ އަދި މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ތޮއްޑޫ ކައުންސިލް އަދި އަސްކަނި ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތަކީ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން ދެ ޖިންސުގައި ޖުމްލަ 53 ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، ކޮންމެ ޑިވިޝަނަކު ތިން ކެޓަގަރީއަކުން މެޗުތައް ކުޅޭނެ ކަމަށް ތޮއްޑޫ ކައުންސިލުން މައުލޫމާތުދެއެވެ.

އަދި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ތޮއްޑޫގައި ބެޑްމިންޓަން ކުޅޭ ޒުވާނުންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، ވާދަވެރި މެޗުތަކެއް ކުޅެ، މި މުބާރާތުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މުބާރާތުގެ ކުޅުން ހުކުރު ދުވަހުގެރޭ ފެށިއިރު، މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް