ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 22:17
މާލޭގެ މަގެއްގައި ޓްރެފިކް ޖެހިފައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުން
މާލޭގެ މަގެއްގައި ޓްރެފިކް ޖެހިފައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުން
އަޝްވާ ފަހީމް
ވަޒީފާގެ ބާޒާރުގައި ޒުވާނުންގެ ދައުރު
ރާއްޖޭގައި ގިނަ ޒުވާނުން އަދާ ކުރަމުންދާ ވަޒީފާއަކީ ކޭޝިޔަރުކަން!
ކޭޝިޔަރުން އަދި ޓިކެޓް ކްލާރސްކްގެ ދާއިރާގައި 5340 މީހުން
ޒުވާނުންގެ ނިސްބަތް ހުރީ 69.9 އިންސައްތައިގައި
އަންއެމްޕްލޮއިމެންޓް ރޭޓް 7.3 އިންސައްތަ

ދިވެހިރާއްޖޭގައި ގިނަ ޒުވާނުން އަދާ ކުރަމުންދާ ވަޒީފާއަކީ ކޭޝިޔަރުން އަދި ޓިކެޓް ކްލަރކްސް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފިއެވެ.

އެގޮތުން ކޭޝިޔަރުން އަދި ޓިކެޓް ކްލަރކްސް ދާއިރާގައި 5340 މީހުން ހަރަކާތްތެރި ވަމުން ދާއިރު، 4136 ޖެނެރަލް އޮފީސް ކްލަރކްސް، 3339 އެޑްމިނިސްޓްރޭޓިވް އަދި އެގްޒެކެޓިވް ސެކެޓަރީސް، 2292 ޑީޕް ސީ ފިޝަރީސް މަސައްކަތްތެރިންގެ އިތުރުން ހޮޓެލް، އޮފީސް އަދި އެހެނިހެން ތަންތަނުގައި އެހީތެރިވެ ސާފުކުރާ 1465 މީހުން ހަރަކާތްތެރި ވަމުން ދެއެވެ.

ރާއްޖޭގެ ވަޒީފާއަދާކުރާ ޒުވާނުންގެ ނިސްބަތް ހުރީ 69.9 އިންސައްތައިގައެވެ. އަންއެމްޕްލޮއިމެންޓް ރޭޓް 7.3 އިންސައްތައެވެ.

ގައުމީ ޒުވާނުންގެ ދުވާހާ ގުޅިގެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ޒުވާނުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ އާބާދީގެ އަންދާޒާ ދައްކާ ގޮތުން އާބާދީގެ 43 އިންސައްތަ (240،584 މީހުން) އަކީ 18-35 އަހަރާ ދެމެދުގެ މީހުންނެވެ.

- ކޮމެންޓް