ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 23:11
ޓީއެމްއޭގެ ސީޕްލޭނެއް، މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން
ޓީއެމްއޭގެ ސީޕްލޭނެއް، މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން
ޓްވިޓަރ
އެކްސިޑެންޓެއް ހިނގުން
ޓީއެމްްއޭއިން އޮޕަރޭޓް ކުރި މަތިންދާބޯޓެއް އެކްސިޑެންޓެއް ވެއްޖެ
އެކްސިޑެންޓްވީ ޑީއެޗްސީ-6 މަރުކާގެ މަތިންދާބޯޓެއް
14 ފަސެންޖަރުންނާއި، ތިން ކްރޫން ތިބި
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ) އިން އޮޕަރޭޓް ކުރި މަތިންދާބޯޓެއް އެކްސިޑެންޓެއް ވެއްޖެއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ބުރާސްފަތި ދުވަހު ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން އޮޕަރޭޓް ކުރި ޑީއެޗްސީ-6 މަރުކާގެ މަތިންދާބޯޓެއް ނ. މެދަފުށި ވޯޓަރ އޭރޯޑްރޯމްގެ ވޯޓަރ ރަންވޭއަށް ޖެއްސުމަށް ފަހު ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑުން ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށެވެ.

11:18 ހާއިރު މި އެކްސިޑެންޓް ހިނގިއިރު އެ ބޯޓުގައި 14 ފަސެންޖަރުންނާއި، ތިން ކްރޫން ތިބި ކަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަނުން ބުނީ މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ވެސް، ކުރޫއިންގެ ތެރެއިން މީހަކަށް ވެސް އަދި އިތުރު އެއްވެސް މީހަކަށް ވެސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މި އެކްސިޑެންޓް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

- ކޮމެންޓް