ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 16:15
ވެލާނާގެ، ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދަނީ މިއިމާރާތުގައި
ވެލާނާގެ، ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދަނީ މިއިމާރާތުގައި
މުހައްމަދު ޝަރުހާން
މުވައްޒަފުން ސަސްޕެންޑް ކުރުން
ސިވިލް މުވައްޒަފެއް ސަސްޕެންޑް ކޮށްފިކަމުގައިވާނަމަ 24 ގަޑިއިރުގެ ތެރޭގައި އެކަން އަންގަން ޖެހޭ: ސީއެސްސީ
ބައެއް އިދާރާތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވޭ
ގަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް އަމަލުކުރުމަށް އެދިފައިވޭ
އޮފީހަށް ނުކުތުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފިނަމަ، އެކަން ވެސް އަންގަންޖެހޭ

ސިވިލް ސާވިސްގެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް ފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގަން ޖެހޭ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ނެރިފައިވާ ސަރކިއުލާގައި ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް އިދާރާތަކުން އެފަދައިން އަމަލުކުރަމުން ނުދާކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުރިއަށްއޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް އަމަލުކުރުމަށް ސީއެސްސީން އެދިފައިވެއެވެ.

މީގެ އިތުރުން ސީއެސްސީން ބުނީ މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށް، އެކަން ވެސް ލަސްނުކޮށް ކޮމިޝަނަށް އެންގެވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ސީއެސްސީން ބުނީ މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އިދާރާތަކުން ގަވާއިދުން އަޅަމުން ގެންދަން ޖެހޭ ކަމަށެވެ.

- ކޮމެންޓް