ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 16:16
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން
ގެޓީ އިމޭޖަސް
ޝަޚްތަރު އަތުން ރެއާލް ބަލިވުން
ޝަޚްތަރު އަތުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގަން: ޒިދާން
ޝަޚްތަރު އަތުން ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުން
ބާސާ މެޗުގެ ކުރިން ރެއާލް ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޝަޚްތަރު ޑޮނެސްކް އަތުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ 3-2 ންނެވެ. ކޮވިޑް-19 ގެ ސަބަބުން ފުރަތަމަ ޓީމުގެ 10 ކުޅުންތެރިން ނުލައި ކުޅުނު ޝަޚްތަރުން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި މިދިޔަ 16 އަހަރު ތެރޭގައި ފުރަތަމަ ހާފު ތެރޭގައި ރެއާލް ކޮޅަށް ތިން ލަނޑު ވަން ފުރަތަަމަ ފަހަރެވެ.

މެޗަށްފަހު ޒިދާން ބުނީ އޭނާ ބޭނުންވި ފެންވަރުގެ ޓީމެއް މި މެޗުގައި ނުފެނުނު ކަމަށާއި، އެހެންކަމުން އެއީ އޭނާއަށް އަމިއްލައަށް ހެދުނު ގޯހެއް ކަމަށެވެ. އަދި މި މެޗަކީ އެ ހާލަތުގައި އެކަން ހައްލުކުރަން ޖެހޭނީ އެހެންކަމުން އެކަން މި މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށްވެސް ބުންޏެވެ.

ޒިދާން އިތުރަށް ބުނީ އެ ޓީމަށް ފާޑު ކިޔުމުގެ ހައްގު އެބައޮތް ކަމަށާއި، މި މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ނަމަވެސް، ޗެމްޕިއަނެއްގެ ހައިސިއްޔަތުން މެޗުން ބަލިވުމަކީ އެ ޓީމަށް ހައްގު ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހިފައިވީ ނަމަވެސް، އެކަން ބަހަނާއެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށްވެސް ޒިދާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވިއިރު، މި ހަފުތާގައި ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗުގެ ކުރިން ރެއާލް ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. އެގޮތުން ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ލީގަށް އަލަށް ޕްރޮމޯޓުވި ކަޑިޒް އަތުން 1-0 ން ރެއާލް ވަނީ އަމިއްލަ ދަނޑުގައި ބަލިވެފައެވެ.

ޝަޚްތަރާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅެފައި ނުވި ނަމަވެސް، ބާސާއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާސާގެ ދަނޑުގައި ކުޅޭ މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް