ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 15:18
އޮލިމްޕަސް، ކޮވިޑް-19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލާފައިވޭ
އޮލިމްޕަސް، ކޮވިޑް-19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލާފައިވޭ
ޔޫސުފް ސޮފްވާން ރަޝީދު
އޮލިމްޕަސް ހުޅުވާލުން
އޮލިމްޕަހުގައި ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި
ބުރާސްފަތި ދުވަހުން ފެށިގެން ހަރަކާތްތައް ބޭއްވޭނެ
ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައި
އެން.ސީ.އޭ ގެ ރިސެޕްޝަނުންނާއި ވެބްސައިޓު ފޯމް ލިބޭނެ

އާ އާންމު ހާލަތުގައި ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަސް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލުމަށްފަހު، އާ އާންމު ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އޮލިމްޕަހުގައި ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުން ފެށިގެން އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބުނެއެވެ.

މިކަމަށް އެދޭ ފޯމު އެން.ސީ.އޭ ގެ ރިސެޕްޝަނުންނާއި ވެބްސައިޓުwww.nca.gov.mvއިން ލިބޭނެއެވެ.

- ކޮމެންޓް