ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާހެއް ނުވިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހު އެޖެންޑާ ކުރި މައްސަލަތަކުގެ ތެރޭގައި މިނިސްޓަރ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމާއިމެދު ގޮތެއް ނިންމުން ހިމެނެއެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ނުފެންނަ ކަމަށް ވޯޓު ޕާލިމެންޓަރީ ގްރޫޕުގެ 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.
އޭގެ އިތުރުން، މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރުމާއި، މިފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލެއް ހަދައި ޕާލިމެންޓަރީ ގްރޫޕުގެ ޤަވާއިދުގައި ހިމެނުމަށް ހުށައެޅި ހުށައެޅުންވެސް ފާސްވެފައެއް ނުވެއެވެ.
ދުބާއީ ކުންފުންޏަކުން ވެންޓިލޭޓަރުތަކެއް ގެނައުމުގައި ހެލްތް މިނިސްޓަރ އަމީން މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، ޕީޖީ އޮފީހުން ވަނީ މި މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވެންޓިލޭޓަރުތައް ގެނެއައުމަށް ދުބާއީ ކުންފުންޏާ ހަވާލު ކުރުމުގައި އިޖުރާއީ މައްސަލަތަކެއް ފާހަގ